ads
ރައީސް ނަޝީދުގެ ކޮށްކޮ ނާޒިމް ސައްތާރު..
ލީކުވެގެން އުޅޭ ވީޑިއޯއަކީ ހަގީގަތެއްނޫން: ނާޒިމް
ގާނޫނީ ވަކީލު ނާޒިމް ސައްތާރު ފިރިހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިޔާގައި އާންމުވެ ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.

ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ނާޒިމް ސައްތާރު ބިދޭސީ ފިރިހެނަކާއި މެދު ޖިންސީ އަމަލު ހިންގަން މަސައްކަތްކުރާ މަންޒަރެވެ.

ލީކުވެފައިވާ ވީޑިއޯއާއި ބެހޭގޮތުން ނާޒިމް ވަނީ އެއީ އޭނާގެ ވީޑިއޯއެއް ނޫން ކަމަށް ބުނެފަ އެވެ. ނާޒިމް ސައްތާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. 

އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލަކީ އިސްލާމް ދީނުގައި ބޮޑުވެގެންވާ ފާފަ އަކަށް ވާއިރު ރާއްޖޭގެ ގާނޫނުގައިވެސް މިކަމަކީ ޖިނާއީ ބޮޑެތި މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ. 

ޖިންސީ ކުށުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބުނެފައިވަނީ މީހަކު ޖިންސީ އަމަލެއް އޭނާއާ އެއްޖިންސުގެ މީހަކާއެކު ރުހުމުގައި ނުވަތަ ނުރުހުމުގައި ހިންގި ނަމަވެސް އެއީ ކުށެއް ކަމަށެވެ.

ދާދި ފަހަކުން ވަނީ ޓިކްޓޮކްގައި މިފަހަކުން މަޝްހޫރުވެގެން ދިޔަ ފިލްމީ ތަރި މަރިޔަމް ޝިފާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯ ތަކެއްވެސް ލީކުވެފަ އެވެ. 

ޝިފާ ވަނީ ތަކުރާރުކޮށް އެވީޑިއޯ ތަކަކީ އޭނާގެ އަގު ވައްޓާލުމަށް ބަޔަކު ހަދައިގެން އުޅޭ ވީޑިއޯތަކެއް ކަމަށްބުނެ އެކަން ދޮގުކޮށްފަ އެވެ. 

ނަމަވެސް ޝިފާ ފަހުން ވަނީ އޭނާ އާ ބެހޭގޮތުން މީސް މީޑިޔާގައި އަގުވެއްޓޭގޮތަށް ތަފާތު މަލާމާތް ރައްދުވާތީ މާފަށް އެދިފަ އެވެ. 

ރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުމާއި އެތަކެތި ގެންގުޅުމާއި ވިޔަފާރި ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަންކަމަށްވާއިރު މިފަދަ ޖިންސީ މައްސަލަތަކާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. 

0%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް