ads
ނައިބު ރައީސް ފައިސަލް ނަސީމް
ރާއްޖޭގެ ކުރިއެރުމުގައި ޕްރައިވެޓް ސްކޫލްތަކުން މުހިއްމު ދައުރެއް އަދާކުރޭ: ނައިބު ރައީސް
ދިވެހިރާއްޖޭގެ ކުރިއެރުމުގައި ޕްރައިވެޓް ސްކޫލުތައް މުހިއްމު ދައުރެއް އަދާކުރާކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ގްރެޖުއޭޝަން 2021-2022 ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވެވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މުޖުތަމައުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި ޕްރައިވެޓް ސްކޫލުތަކާއި ޕްރައިވެޓް ޕްރީ ސްކޫލުތަކުން އަދާކުރާ ދައުރު ވަރަށް މުހިއްމުކަމަށާއި، ތައުލީމީ ޖީލެއް ބިނާކުރުމުގައި އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

"ގައުމު ކުރިއެރުވުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން. ތައުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވިޔަސް ކުރިއެރުންތައް ހޯދޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުން." ނައިބު ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ތުއްތުކުދިންނަކީ އެ ކުދިންނަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ނަކަލުކުރާ ބައެއް ކަމަށާއި، މުޖުތަމައުގެ ތެރޭގައި ހިނގާ ނުރަނގަޅު އަމަލުތަކުން ކުދިން ސަލާމަތްކޮށް، އެ ކުދިންނަށް ނަމޫނާ ބަޔަކަށް ވުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށެވެ.

އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން ހިންގާ ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ އެސްކޭޖީގެ 11 ކުލާހެއްގެ ދަރިވަރުންގެ ތެރެއިން އެސްކޭޖީ ހަތެއް، ދިހައެއް އަދި އެގާރައިގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް