ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ބިލު އިސްލާހުކުރި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު، އިމްތިޔާޒް ފަހުމީ
ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުނާޙާ މަސްދަރު ހާމަކުރަން މަޖުބޫރުކުރަން ފާސްކޮށްފި
ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމެއްނެތި، މަސްދަރު ހާމަކުރަން މަޖުބޫރުކުރާ އިސްލާހާއިއެކު، ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
Advertisement

މިދިޔަ އޮކްޓޫބަރު މަހު ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުގުނީ ހުށަހަޅައިފައިވާ ހެއްކާއިބެހޭ ބިލު މިއަދު މަޖިލީހުން ފާސްކުރިއިރު، އެބިލަށް ޖުޑިޝަރީ ކޮމެޓީން ގެނައި އިސްލާހުގައި ބުނެފައި ވަނީ، މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އެގޮތުން އެމައުލޫމާތު ދޭން ކޯޓަށް އަމުރު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.  

ބިލު ދިރާސާކޮށް މަޖިލީހުން ގެނައި އެ އިސްލާހުތަކާއިއެކު ފާސްކުރުމާއިމެދު މިއަދު މަޖިލީހުގައި ނެގުނު ވޯޓުން ބިލު ފާސްކޮށްފައިވަނީ، މަޖިލީހަށް ހާޒިރުވެތިބި، 58 މެމްބަރުންގެ ތެރެއިން 50 މެމްބަރުން ވޯޓުދެއްވައިގެން ނެވެ. 

ނޫސްވެެރިންގެ ދިފާއުގައި މި ބިލާއި ދެކޮޅަށް ވޯޓުދެއްވާފަވަނީ އެންމެ ފަސް މެމްބަރުންނެވެ. މި ވޯޓުގައި ބައިވެރިވެފައިވަނީ 55 މެމްބަރުންނެވެ. ވަކިގޮތަކަށް ވޯޓުނުދޭ ދެ މެމްބަރުން ތިއްބެވި އެވެ.  

މަސްދަރު ހާމަކުރުމުގެ މާއްދާ އިސްލާހުނުކޮށް ބިލް ފާސްނުކުރުމަށާއި، އެ އިސްލާހު ފަސް ކޮށްދެއްވުމަށް އެދި ނޫސްވެރިން މިއަދު މަޖިލީސް ކުރާ ގެދޮށަށް އެއްވެ ކަންބޮޑުވުންވެސް ފާޅުކޮށްފަވަނިކޮށް، މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ ވަގުތު ހަމަވެފައިވަނިކޮށް ވޯޓަކަށް އަހައިގެން މަޖިލީހުގެ ވަގުތުވެސް އިތުރުކޮށްގެން ނެވެ. 

އަދި މި ބިލު ފާސްކޮށްފައި ވަނީ މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިއްޔެ ކަރުދާހަކާއި، އެ ބިލަށް އިސްލާހު ގެންނަން އެދި މަޖިލީހުގެ ރައީސް އަށް މިއަދު ސިޓީއެއްވެސް ހުށަހަޅާފައި ވަނިކޮށް، އެ ސިޓީއަށާއި، އެމްޖޭއޭގެ ކަރުދާހުގައި ހުރި ކަންކަމަށް ވެސް ރިއާޔަތް ކުރުމެއް ނެތި އެވެ. 

ބިލު މަޖިލީހުގެ މެޖޯރިޓީ ލިބިގެން ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އުފާފާޅުކޮށް، އެކަމަށް މަޖިލީހުގެ މެމްބަރުންނަށް މަރުހަބާވެސް ދަންނަވާފަ އެވެ. ނަޝީދު ވިދާޅުވީ، އެއީ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެއީ މަޖިލީހުން ނިންމި އެންމެ މުހިންމު އެއް ބިލު ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް