ads
ރައްޔިތުންގެ މަޖިލިސް ފޮޓޯ: މަޖިލިސް
8 ބިލުގެ މަަަސައްކަތް ނިންމާ، މަޖިލީސް ޗުއްޓީއަށް!
އަށް ބިލު ފާސްކުރުމަށްފަހު، މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައިފި އެވެ.

ިމިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ދައުރު ނިންމާލިއިރު، މި ދައުރުގައި އަށް ބިލެއް، ދެ ގަރާރެއް، އަދި ސަރުކާރުން ހުށަހަޅާފަވާ ތިން މައްސަލަ ވަނީ ނިންމާފަ އެވެ.

މިދައުރުގައި ނިންމި ބައެއް އިތުރު މަސަައްކަތްތައް

  1. ރިޔާސަތުން ހުށެހެޅި 1 މައްސަލަ
  2. ކުއްލި 2 މައްސަލަ
  3. މެމްބަރުން ހުށަހެޅި 5 މައްސަލަ
  4. އެހެނިހެން 6 މައްސަލަ

މީގެ އިތުރުން 30 ފަހަރަށް ވަޒީރުން މަޖިލީހަށް ހާޒިރުކޮށްގެން ސުވާލާއި ޖަވާބު ސެޝަންތައް މިދައުރުގައި ވަނީ ބާއްވާފަ އެވެ.

މީގެ އިތުރުން ހެނދުނުން ފެށިގެން ހަވީރާއި ހަމަޔަށް ދިގުދެމިގެން ދިޔަ މިއަދުގެ ޖަލްސާގައިވެސް ވަނީ ގިނަ މައްސައްކަތްތަކެއް ވަގުތު އިތުރުކޮށްގެން ނިންމާލާފަ އެވެ. އެގޮތުން މަޖިލީހަށް ހުށަހެޅިފަވާ ޖުމްލަ 17 މަސައްކަތެއް ކޮށް، ގިނަ ބިލުތަކެއް ވަނީ ފާސްކޮށްފަ އެވެ.

މިއަދު ނިންމާފައިވާ ހާއްސަ ބައެއް މަސައްކަތްތައް

  1. ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ބައެއް މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން ހަދާފައިނުވާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލަ، ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުން
  2. ސިފައިންގެ ކޯޕަރޭޓިވް އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި އަޅަމުންގެންދާ ފްލެޓްތަކުގެ މަޝްރޫޢުއާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ، ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުން
  3. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެޖެންޑާ-19 މެނިފެސްޓޯގެ ދަށުން ވެފައިވާ ވަޢުދުތަކުގެ ތެރެއިން، މަހަށް ހަމައަގު ހޯދައިދިނުމަށް ވީ ވަޢުދު ސަރުކާރުން ފުއްދަމުން ނުދާކަމަށް ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 179 ވަނަ މާއްދާގެ ދަށުން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުން
  4. ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހުށަހަޅުއްވާފައިވާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުން
  5. މެޖިސްޓްރޭޓުންގެ މުސާރަ މުރާޖަޢާކޮށްދިނުމަށް އެދިވަޑައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅުއްވާފައިވާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުން
  6. ހެއްކާ ބެހޭ ބިލު ފާސްކުރުން
  7. ސިންގަޕޫރު ސަފީރަކަށް ތަސްމީން އަލީއަށް ރުހުންދިނުން
  8. ކޮވިޑް-19 ގެ ބަލިމަޑުކަމުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރަޓޯރިއަމް ދިނުން އެދި ގޮވާލައި ހުށަހަޅާ ޤަރާރު ފާސްކުރުން

މިދައުރުގެ ޖަލްސާތައް ނިންމާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މެމްބަރުން ފަރުވާތެރިކަމާއިއެކު ގިނަ މައްސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، އެއީ ދައުލަތުގެ އެހެން މުވައްސަސާތަކަށް ހުރި މިސާލެެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި މެމްބަރުންނަށް ތައުރީފުކުރައްވާ ޝުކުރާއި މަރުހަބާ ދެންނެވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް