ads
ޓީސީ- ޔޫވީ މެޗުގެ ތެރެއިން
ފަހު ބުރުގެ ފުރަތަމަ މެޗު ޓީސީއަށް
ދިވެހި ޕްރިމިއަރ ލީގުގެ ފަހުބުރުގެ ފުރަތަމަ މެޗު، ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ޓީސީން ކާމިޔާބުކޮށްފިއެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗުން ޓީސީ މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. މި ނަތީޖާއާއެކު ޓީސީވަނީ ޓޭބަލްގެ ތިންވަނައަށް ކުރިއަށް ޖެހިފައެވެ. ކުރިން ތިންވަނައިގަ އޮތީ ޔުނައިޓެޑް ވިކްޓްރީއެވެ. ޓީސީއަށްވެސް ޔޫވީއަށްވެސް ލިބިފައިވަނީ ވިހި ޕޮއިންޓެވެ. އެއީ ފަނަރަ މެޗުންނެވެ. ޓީސީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. 

ދިވެހި ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް އީގަލްސްއާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް