ads
ތިމަރަފުށީގައި ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ
ތިމަރަފުއްޓަށް އުދައަރާތީ ސިފައިން މިރޭ އެރަށުގައި މަޑުކުރަން ނިންމައިފި
ތ.ތިމަރަފުށްޓަށް އުދައަރަމުންދާތީ އެރަށުގައި މިރޭ ސިފައިންގެ ޓީމު މަޑު ކުރުމަށް ނިންމައިފި އެވެ.
Advertisement

ތިމަރަފުއްޓަށް އުދައިގެ އަސަރު ކުރަން ފަށާފައިވަނީ އިއްުޔެ ހަވީރުން ފެށިގެން ނެވެ. 

އެމްއެންޑީއެފް އިން ބުނީ ތިމަރަފުށިން ގެއްލުން ލިބެމުންދާ ބައެއް ގޭގޭގައި ވެލިބަސްތާ ޖަހައިދީ، އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ތިމަރަފުށީގައި ހަރަކާތްތެރިވާ ސިފައިންގެ ޓީމު މިރޭ އެ ރަށުގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކައުންސިލުގެ ރައީސް އިސްމާއިލް އިބްރާހިމް މިއަދު "ސީއެންއެމް" އަށް ވިދާޅުވިގޮތުގައި، އެރަށަށް އުދައިގެ އަސަރު މަޑުމަޑުން ގަދަވާން ފެށީ ރޭ 10:00 ހާއިރު އެވެ. ނަމަވެސް ގާތްގަނޑަކަށް ދަންވަރު 02:00 ޖަހާކަށްހާއިރު، އަރަންފެށި އުދަޔަކީ މިހާތަނަށް އޭނާގެ ހަޔާތުގައިވެސް އެރަށަށް އަރާތީ މީގެ ކުރިން ފެނިފައިނުވާވަރުގެ ބާރުމިނުގައި އަަރަން ފެށި އުދައެއްގެ ގޮތުގައި އިސްމާއިލް ސިފަކުރެއްވި އެވެ. 

"ކުރިން ވެއްޖެޔާ ރާޅު އައިސް ރަށުގެ ގޮޑުދޮށަށް ބިންދާލީމަ އޭގެ ލޮނުގަނޑު ރަށަށް ފެތުރިގެން ދަނީ. އެކަމަކު ރޭ ދަންވަރުން ފެށިގެން އަރަން ފެށި އުދަ މީގެ ކުރިން އަޅުގަނޑު ދުވަހަކުވެސް ނުދެކެން އެގޮތަށް އުދައަރަނިކޮށް. ވަރަށް ޕްރެޝަރުގައި ހުރި އެއްޗެއްވިއްޔާވެސް ހިފައިގެން ލޮނުގަނޑު އަންނަނީ،" އިސްމާއިލް ވިދާޅުވި އެވެ.

މިރޭ އެކޮޅުގައި ސިފައިން މަޑުކުރަން ނިންމާފައިވާއިރު ރޭ އެރި އުދާގައިވެސް މުޅި ތިމަރަފުށީގައި ވަނީ ފެންބޮޑުވެފަ އެވެ. 

އުދައިގެ އަސަރުކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ގެއްލުންވާން ފަށާފައިވާއިރު 80 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އެހެން ތަންތަނަށް ވަނީ ބަދަލުވާން ފަށާފަ އެވެ.

އުދައިގެ އަސަރުތައްކޮށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނައިރު ފ.ނިލަންދޫގައި ޖަހާފައިވާ "ޖިއޯ ރިވެޓްމެންޓް" އެއްކޮށް ވަނީ ހަލާކުވެފަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް