ads
ނ. ހޮޅުދޫއަށް 2020ވަނަ އަހަރު ކުރި އުދައިގެ މަންޒަރެއް---
ހއ. ފެށިގެން ތ. އަތޮޅު ރަށްތަކަށް އުދައަރާނެތީ ސަމާލުވާން އަންގައިފި
ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތައް އުދައަރާނެކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.

ގައުމީ މޫސުމާއި ބެހޭ އިދާރާ މެޓުން މި އަތޮޅުތަކުގެ ރަށްތައް މި އެލާޓު ނެރެފައިވަނީ، މިއަދު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އާއި ހަމަަޔަށެވެ. 

މިއަތޮޅުތަކަކީ މިހާރު ރާއްޖެއަށް ކުރަމުންދާ އުދާގައި އެންމެ ބޮޑަށް ގެއްލުންވަމުންދާ ސަރަހައްދުތަކެެވެ. އެގޮތުން ތ. އަތޮޅު ތިމަރަފުށީގައި އިއްޔެ އިން ފެށިގެން ސިފައިންވަނީ ފެން ހިންދުމުގެ މަސައްކަތްކޮށްފަ އެވެ. އަދި އުދައަރާނެ ކަމަށް ބެލެވޭތީ ރޭގައިވެސް އެރަށުގައި ސިފައިން ވަނީ މަޑުކޮށްފަ އެވެ. 

މިއަދު 12:00 އިން 18:00 އަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން، އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މެޓުން ވައިޓު އެލާޓު ނެރެފަ އޮތީވެސް ހއ. ފެށިގެން ތ. އަތޮޅަށެވެ. 

މިއަދު މޫސުން 

މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެތެރެއާއި، ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވާޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. 

އަދި ދެކުނުގެ ސަރަހައްދަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވާޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ. 

މީގެ އިތުރުން ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަ ފޫޓުގައި އުޅޭއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އާއްމުގޮތެއްގައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް