ads
މިފަހަރު ބޮޑު އީދުގައި ހަވާއެރުން 18 ރަށެއްގައި
މިފަހަރުގެ ބޮޑު އީދުގައި ހަވާ އަރުވައިދިނުމަށް 18 ރަށަކުން އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މިއަހަަރުގެ ބޮޑު އީދުގައި ހަވާއަރުވަން އެމްއެންޑީއެފް ސިފްކޯގައި އެދިފައިވާ ރަށްތަކުގެ މައުލޫމާތު ސާފުކޮށްދެމުން އެމްއެންޑީއެފުން ބުނީ ޖުމްލަ 18 ރަށަކުން ވިޔަފާރި އުސޫލުން ހަވާ އެރުވާދިނުމަށް އެދިފައިވާ ކަމަށެވެ.

ހަވާއެރުވުމަށް އެދިފައިވާ 18 ރަށް

  1. ހއ.ބާރަށް، 
  2. ހއ.ދިއްދޫ، 
  3. ހއ.ވަށަފަރު، 
  4. ނ.ވެލިދޫ، 
  5. ނ.ހޮޅުދޫ، 
  6. ނ.ފޮއްދޫ، 
  7. ރ.މާކުރަތު، 
  8. ބ.ފުޅަދޫ، 
  9. ބ.ދަރަވަންދޫ، 
  10. ބ.އޭދަފުށި، 
  11. ކ.ދިއްފުށި، 
  12. ކ.ގުރައިދޫ، 
  13. ކ.ހިއްމަފުށި، 
  14. ކ.ގާފަރު، 
  15. އއ.ތޮއްޑޫ، 
  16. އއ.އުކުޅަސް، 
  17. ގދ.ފިޔޯރީ، 
  18. ސ.ހިތަދޫއެވެ.

އާ އަހަރާ ދިމާކޮށް އަދި އީދާއި ދިމާކޮށް ހަވާ އަރުވަން ބޭނުންވާ ފަރާތްތަކަށް ވިޔަފާރި އުސޫލުން އެކަން ކުރެވޭނެ އިންތިޒާމް އެމްއެންޑީއެފުން ހަމަޖައްސާދެ އެވެ.

އާއްމުކޮށް މިގޮތަށް ހަވާއަރުވަނީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކޮށްފައިވާ ރަށްރަށާއި ރިސޯޓުތަކުގަ އެވެ.

ހަވާ އެރުވުން 18 ރަށަކުން އެދިފަވާއިރު މިފަހަރުގެ ޗުއްޓީ ދިމާވެފައިވަނީ މޫސުން ގޯސް ދުވަސްވަރަކާއި އެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިދުވަސްވަރު ދަނީ އުދަވެސް އަރަަމުން ނެވެ.

ކޮވިޑް-19 އަށް ފަހު ފިޔަވަޅުތައް އުވާލާފައިވަނިކޮށް ބައްދަލުކުރާ މިފަހަރުގެ އީދު ދުވަހަކީ ޖުލައި ހަވަނަ ދުވަހެވެ.

ނަމަވެސް އަދިވެސް ކޮވިޑުގެ ނުރައްކާ ރާއްޖޭގައި އޮތުމުން ކުޅިވަރު ބޮޑެތި ހަފްލާތައް ނުބޭއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް