ads
އެއްޖިންސުން ގުޅުން ހިންގި މީހުން ބޭނުންކުރި ކޮޓަރި
އެއްޖިންސުން ގުޅުންހިންގާ ވީޑިއާ ތަކާއި ގުޅިގެން 3 މީހަކު ފުރުން މަނާ ކޮށްފި
އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ތަކާއި ގުޅިގެން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ގަނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރުގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގިރި ފުރުން މަނާ ކޮށްފި އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ނާޒިމް ސައްތާރާއި، މުހައްމަދު ނަޝީދު (ކާނަން) އަދި އަލަމްގިރި ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެފައި ވާކަމަށެވެ. 

މީސް މީޑިޔާގައި ދައުރުވާ ފޮޓޯ އާއި ވީޑިއޯތަކުގައި ރާއްޖޭގެ ސިޔާސީ ހައި ޕްރޮފައިލް މީހުންނާއި ވިޔަފާރިވެރިން ކަމަށް ބުނާ މީހުން ފެނެ އެވެ. މިކަންކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ބަނގުލަދޭޝްގެ އަލަމްގިރި ކުރި ކަމެއްގެ މައްޗަށެވެ. ހުރިހާ ވީޑިއޯ ތަކުންނާއި ފޮޓޯތަކުންވެސް އަލަމްގިރި އާއި އެއްޖިންސުން ގުޅުން ހިންގުމަށް ބޭނުންކުރި ކޮޓަރީގެ މަންޒަރުތައް ފެނެ އެވެ. 

ދިވެހި ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯ ކުރި މައްސަލައިގައި ހިމެނޭ އަލަމްގިރި ވަނީ ތައުބާވެ ދިވެހި ރައްޔިތުން ކިބައިން މާފަށް އެދިފަ އެވެ. އަދި މިކަމަކީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގޭ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. 

ފުލުހުން ދަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގުތައް މިވަގުތު ކުރަމުންނެވެ. އަދި މިހާތަނަށް ފުލުހުން މިކަމުގައި އެއްވެސް މީހަކު ހައްޔަރު ކުރިކަން އެނގިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް