ads
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތީގައި އުޅަނދުތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: ވީނިއުސް
ކުރިއަށް އޮތް އީދު ބަންދުގައި މޫސުން ގޯސްވާނެ، ސަމާލުވޭ!
މި ފެށޭ އަލްހާ އީދު ބަންދު ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ތިބުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާއި ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް އާއްމުގޮތެއްގައި ވައިގަދަވާނެ ކަމަށާއި، މި ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ. 

އަދި މި ހިސާބުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި މި ސަރަހައްދުގެ ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށެވެ. އަދި ހޯމަ ދުވަހާއި އަންގާރަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. 

މި ދުވަސްވަރަކީ ސުކޫލް ބަންދު ދުވަސްވަރެއް ކަމުން ގިނަ ބަޔަކު އަތޮޅު ތެރޭގެ ރަށްތަކަށް ޗުއްޓީއަށް ދާއިރު، މޫސުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އަންގާފަ އެވެ. އަދި ހެދިފައިވާ ގަވައިދުތަކަށް ހުރިހާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދީ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލުމާތު ހޯދުމަށްވެސް ވަނީ އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް