ads
ހަށިކޮޅަށް ވަޒަން އެރުމާއިއެކު އެތަނަށް ވެއްޓިވަޑައިގަތް
ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ހަށިކޮޅަށް ބަޑިޖަހައިފި
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ހަށިކޮޅަށް ބަޑިޖަހައިފި އެވެ.

އުމުރުން 62 އަހަރުގެ އަބޭ އަކީ ޖަޕާނުގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރެއްވި އާއްމުންގެ މަގުބޫލުކަން އޮތް ބޭފުޅެކެވެ. އޭނާ ހަށިކޮޅަށް ބަޑިޖަހާފަވަނީ، އަންނަ އާދިއްތަ ދުވަހު އޮންނަ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އިންތިހާބުގައި، ވެރިކަން ކުރާ ލިބަރެލް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންވާދަ ކުރައްވާ ކެއި ސޭޓޯގެ ކެމްޕެއިން ހަރަކާތެއްގައި ސްޕީޗު ދޭން ހުންނަވަނިކޮށެވެ. 

ފަހަތުން އެބޭގެ ހަށިކޮޅަށް ދެ ވަޒަަން އަރާފައިވާއިރު، ވައަތް ފަރާތުން މެޔަށް އަދި ކަރަށް ވަނީ ވަޒަން އަރާފަ އެވެ. ޒަހަމުތަކާއިއެކު އެމަޖެންސީގައި ވަގުތުން ފަރުވާއަށް ގެންގޮސް އޭނާއަށް ދަނީ މިހާރު ފަރުވާދެމުން ނެވެ. ހަބަރުތައް ބުނާގޮތުން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ހާޓުއެޓޭކެއް ވެސް އަބޭ އަށް ވަނީ ޖެހިފަ އެވެ. 

ނަމަވެސް އޭނާ އަވަހާރަވީކަމެއް އަދި ނުވާކަމެއް އެއްވެސް އިދާރާއަކުން އަދި ޔަގީންކޮށެއް ނުދެ އެވެ. 

އެ ހަމަލާއާއި ގުޅިގެން އެވަގުތު އެ ސަރަހައްދުން ބަޑިޖެހި ކަމަށް ބުނާ 42 އަހަރުގެ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.  

ބޮޑުވަޒީރުގެ މަގާމަށް 2006ވަނަ އަހަރު ވަޑައިގެން 2007 ވަނަ އަހަރާ ހަމަޔަށް އަބޭ ހުންނެވި އެވެ. އޭގެފަހުން އަނެއްކާވެސް 2012 ވަނަ އަހަރު ބޮޑުވަޒީރުކަަމަށް ވަޑައިގެން 2020 ވަނަ އަހަރާއި ހަމަޔަށް އެ މަގާމުގައި އަބޭ ހުންނެވި އެވެ. އެމަގާމުން އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ތަން ނުދޭތީ އެވެ.

60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް