ads
ގެއްލިގެން ހޯދަމުންދާ މީހާ
މުޅި ރަށް ހޯދިއްޖެ، ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ: ކައުންސިލް
އިއްޔެ އިރު އޮއްސުނު ވަގުތު ނ. ހެނބަދޫއިން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ އަދިވެސް ފެނިފައިނުވާ ކަމަށް ހެނބަނދޫ ކައުންސިލުން ބުނެފި އެވެ.

ހޯދަމުންދަނީ އުމުރުން 28 އަހަރުގެ ހެނބަދޫ އަށް ނިސްބަތްވާ އެ ރަށު ކުންނާރުގެ، އިބްރާހީމް ރާމިޒް  ނަމަކަށް ކިޔާ މީހެކެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު މިއަދު ވިދާޅުވީ ގެއްލިގެން އުޅޭ ރަމީޒް އިއްޔެގެ ވަގުތެއްގައި އޭނާ އެކަނި ކެނޯ އެއްގައި ކަނޑުމައްޗަށް ނުކުތީކަމަށް ބެލެވޭ ކަމަށް އޭނާގެ ބައްޕަ މައުލޫމާތު ދީފައިވާ ކަމަށެވެ. 

އަބޫބަކުރު ވިދާޅުވީ ރަމީޒް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑާއި ފުލުހުންވެސް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ. 

"ރަމީޒްގެ ބައްޕަ ބުނީ ހީވާގޮތުން އޭނާ އެކަނި ކަނޑު މައްޗަށް ނުކުތީ ކަމަށް ކެނޯގަ، އެގޭގަ އޮންނާނެ ކެނޯ އެއްވެސް. އެޔެއް މިހާރަކު މިރަށަކު ނެތް. ދެން ކޯސްޓުގާޑުންވެސް އެބަ ބަލަމުންދޭ ފުލުހުންނާއިވެސް ގުޅިގެން." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަބޫބަކުރު ވިދާޅުވީ ހެނބަދޫ އަކީ ޖަންގަލި ވާ އޮންނަ ރަށެއް ނޫން ކަމަށާއި، އެހެން ކަމުން ރަމީޒް ހޯދުމުގެ މަސައްކަތުގައި މުޅި ރަށް އެއްކޮށް މިހާރު ބަލައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. 

"މިރަށަކީ ވަލެއްވެސް އޮންނަ ރަށެއްް ނޫން އެހެންވީމަ ހަމަ މުޅި ރަށް ކަހަލަ ގޮތަކަށް މި ބެލީ، އަދިވެސް ހަމަ ފެންނަންދެން ބަލަމުން ދާނަން." އަބޫބަކުރު ވިދާޅުވި އެވެ.

ފުލުހުން އޭނާ ހޯދަން އިއުލާންކޮށް ބުނެފައިވަނީ، ވީނުވީއެއް ނޭނގި އޭނާ ގެއްލިގެން ހޯދަމުންދާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.  

އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. ފެނުނުއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެކެވެ.  

your imageނ.ހެނބަދޫ

އަބޫބަކުރު ވިދާޅުވީ ގެއްލިގެން އުޅޭ ރަމީޒަކީ ހެނބަދޫގައި ދިރިއުޅެމުންދާ މީހެއް ނޫން ކަމަށާއި، ދެކުނު ރަށެއްގައި ދިރިއުޅުމެއް ފަށައިގެން ވަޒީފާ އަދާކުރަމުން އަންނަ މީހެއް ކަމަށެވެ. އަދި ވިދާޅުވީ ރަމީޒް ގެއްލިފައިވަނީ ހެނބަދޫއަށް އައިތާ ދެތިން ދުވަހެއް ފަހުން ކަމަށެވެ.

ހެނބަދޫ އަކީ އާބާދީގައި ގާތްގަނޑަކަށް 780 އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. 

0%
ކަމުގޮސްފި
35%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
35%
ވަރަށް ސަލާމް
ކޮމެންޓްސް