ads
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ-- ފޮޓޯ: ރޮއިޓާޒް
އަބޭ އަށް ހަމަލާދިން މައްސަލަ ބަލަން ވަރުގަދަ ޓާސްކްފޯސް އެއް!
ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި މައްސަލައިގައި ސަލާމަތީ ކަންކަން ފެއިލްވުމުން އެކަން ތަހުގީގު ކުރަން ވަރުގަދަ ޓާސްކުފޯސް އެއް އުފައްދައިފި އެވެ.

ޖަޕާންގެ ފުލުހުންގެ އިދާރާއިން ވަނީ މި މައްސަލައިގެ ތަހުގީގަށް ނުވަދިހަ މީހުން ހިމެެނޭ ގޮތަށް ޓާސްކް ފޯސް އެއް އެކުލަވާލާފަ އެވެ. 

ބޮޑު ވަޒީރު އަބޭ އަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހު ހެނދުނުގެެެ ވަގުތެއްގައި ކެމްޕޭނު ބައްދަލުވުމެއްގައި ހުއްޓަ އެވެ. 

އަބޭ އަވަހާރަވެފައިވަނީ ބަޑީގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. 

މި މައްސަލަ އާއި ގުޅިގެން އުމުރުން 41 އަހަރުގެ ޔަމަގަމީ ޓެޓްސްޔާ ނަމަކަށް ކިޔާ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ބަޑީގެ ހަމަލާ ދިން މީހާ ހަމަލާދީފައިވަނީ އަމިއްލަ އަށް އުފެއްދި ބަޑިއަކުންނެވެ.

ޖަޕާންގެ ފުލުހުން ޔަމަގަމީ ޓެޓްސްޔާ ދިރިއުޅެމުންދާ އެޕާޓްމަންޓު ބަލައި ފާސް ކުރުމުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ގޮވާ ތަކެއްޗާއި ފިސްތޯލަ އަދި ހަތިޔާރު އަތުލައިގެންފައި ވާކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.

ޖަޕާންގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި އަބޭ އަވަހާރަވީއިރު އުމުރުފުޅަކީ 61 އަހަރެވެ. 

އަބޭ އަވަހާރަ ވުމާއި ގުޅިގެން އަބޭ އަކީ ދިވެހި ރާއްޖެ އާއި ވަރަށް ގާތް ގުޅުމެއް އުފައްދާފައިވާ މުހިންމު ޝަހުސިއްޔަތެއްކަން ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފާހަގަ ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް