ads
ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން--
ހުޅުމާލެއަކީ ޔާމީންގެ ސިޓީއެއް ކަމަށް ވިދާޅުވުމުން ޔުމްނާ ރައްދުދެއްވައިފި
ހުޅުމާލެއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޓީއެއް ކަމަށާއި އެތަނަކީ ޒުވާނުންނަށް އެމަނިކުފާނު ތަރައްގީ ކޮށްދެއްވި ތަނެއް ކަމަށް ވިދާޅުވުމުން، އެތަނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއެކު ތަރައްގީ ކުރެވިފައިވާ ތަނެއް ކަމަށް ޔާމީނަށް، ބޮޑުބޭބެ ވިދާޅުވާ، ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ވުޖޫދަށް ގެނައީ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގެ ތެރޭގަ އެވެ. ނަމަވެސް މިދިޔަ ވެރިކަމުގައި ރައީސް ޔާމީން ވެސް ވަނީ ހުޅުމާލޭ ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބޮޑު ސަރަހައްދެއް ހިއްކައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށް ބުނެ 7000 ފްލެޓް އެޅުމުގެ މަސައްކަތް ވެސް ފެއްޓި އެވެ.

ހުޅުމާލެއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޓީއެއް ކަމަށް ޝިޔާމް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ހުޅުމާލެ އަކީ ރައީސް މައުމޫންގެ ގެ ވިސްނުންފުޅެއްކަމާއި މަސައްކަތެއްކަން އެއީ އެންމެނަށްވެސް އެނގޭ ހަގީގަތެއް ކަމަށެވެ. އަދި އެކަން ދިވެހި ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.

މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެންމެ ފުރަތަމަ ހުޅުމާލޭ ތަރައްގީ ކުރަން ފެށީ ރައީސް މައުމޫންގެ ވެރިކަމުގަ އެވެ. އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ތަރައްގީކޮށް އެތަނުގައި މީހުން ދިރިއުޅެން ފެށީ ވެސް ރައީސް މައުމޫންގެ ވެރިކަމުގައި 2003 ވަނަ އަހަރުގެ ތެރޭގަ އެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް