ads
ކޮވިޑް-19
ކޮވިޑްގެ ނުރައްކާތެރި އާ ވޭރިއަންޓެއް ހަލުވި ކަމާއި އެކު ފެތުރެނީ
ކޮވިޑް-19 ގެ ނުރައްކާތެރި އާ ވޭރިއަންޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް ސޫމިޔާ ސްވާމިނަތަން އާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ކޮވިޑް-19 ގެ މި އާވޭރިއަންޓު އެންމެ ފުރަތަމަ ފެނިފައިވަނީ، އިންޑިއާ އިންނެވެ. އޭގެ ފަހުން މިހާތަނަށް ދުނިޔޭގެ 12 ގައުމަކުން މި ވޭރިއަންޓު ފެނިފައި ވާކަމަށް ވަނީ ބުނެފަ އެވެ. 

ބީއޭ.2.75 ގެ ނަމުން ނަންދީފައިވާ މި ވޭރިއަންޓު، މިހާރު ދުނިޔޭގައި މި ބައްޔާއި ދެކޮޅަށް ބޭނުން ކުރަމުން އަންނަ ވެކްސިން ތަކަށް އިމިއުނިޓީ ނުވަތަ ވެކްސިން ތަކުން ކުރާ އަސަރު ނުކުރާ ކަމަށްވެސް ސޫމިޔާ ސްވާމިނަތަން ވަނީ ބުނެފަ އެވެ. އަދި މި އާ ވޭރިއަންޓު ފެތުރެމުން ދަނީ މީގެ ކުރިން އެހެން ވޭރިއަންޓުތައް ނުފެތުރޭހާ ހަލުވި މިނުގައި ކަމަށްވެސް އޭނާ އާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

މި އާ ވޭރިއަންޓާއި ގުޅިގެން އަދި މިހާތަނަށް އެގާ ބޮޑު ހޯދުންތަކެއް ހޯދިފައި ނުވާ އިރު، މި ވޭރިއަންޓު ޖެހޭ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ބާރު ދަށް މީހުންނަށް ބޮޑަށް އަސަރުތައް ކުރާކަން ފާހަގަ ކުރެވިފައި ވާކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. 

މި އާ ވޭރިއަންޓު ފެތުރެން ފަށާފައި ވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައި ވާއިރު، އެ ޖަމިއްޔާއިން ވަނީ، ހުރިހާ ގައުމުތަކުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ. އަދި މާސްކު އެޅުމާއި މީހުން ގިނައިން އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އެދިފަ އެވެ. 

އަދި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އެގައުމުގެ ސިއްހީ އިދާރާތަކުން ދެމުން އަންނަ އިރުޝާދަށް ބޯލަނބާ ކިޔަމަން ވުމަށްވެސް ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
87%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް