ads
ގޮޓަބަޔާ
ފިއްލަވަން އުޅުމުން ލަންކާ އެއަޕޯޓުން ހުއްޓުވި ގޮޓަބަޔާ މިލިޓަރީ ޖެޓެއްގަ ރާއްޖެ
ސްރީ ލަންކާގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް ނިންމާފައިވާ އެގައުމުގެ ރައީސް، ގޮޓަބަޔާ ރާޖަޕަކްސަ ގައުމުން ފިއްލަވައި، ރާއްޖެ ވަޑައިގެންފި އެވެ.

އުމުރުން 73 އަހަރުގެ ގޮޓަބަޔާ ރާއްޖެ ވަޑައިގަތީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ. ރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއަކުން އަދި މިކަން ކަށަވަރެއް ނުކޮށްދެ އެވެ. ގޮޓަބަޔާ ރާއްޖެ އައިސްފަވަނީ އަނބިކަބަލުން ލޯމާ ރާޖަޕަކްސާ އާއި ދެ ބޮޑީގާޑުންނާވެސް އެކުގަ ކަމަށްވެ އެވެ.

ގޮޓަބަޔާ ފިއްލަަވައިގެން ރާއްޖެ ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު އިއްޔެ ލަންކާ ދޫކޮށް ފުރަން މަސައްކަތް ކުރަނިކޮށް ލަންކާ އެއާޕޯޓުގެ އޮފިސަރުންނާއި އިމިގްރޭޝަން އޮފިސަރުން  ވަނީ ހުއްޓުވާފަ އެވެ.

އަދި އެ ދެބޭފުޅުންނަށް އެއާޕޯޓްގެ ވީއައިޕީއިން ހިދުމަށް ދިނުމަށްވެސް އެއާޕޯޓުގެ މުވައްޒަފުން ދެކޮޅު ހެދި ކަމަށްވެ އެވެ. 

ލަންކާގެ ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ގައުމު ދޫކޮށް ފުރާވަޑައިގަންނަވަން މަސައްކަތް ކުރި ކަމަށްބުނެ ހިފެހެއްޓީ، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ނެވެ. އެ ދެބޭފުޅުން ރޭ ހޭދަ ކުރެއްވީ، އެގައުމުގެ އަސްކަރީ މަރުކަޒެއްގައި ކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

މިއަދު އެބޭފުޅުން ރާއްޖެ ވަޑައިގެންފަވަނީ އެއަޕޯޓުން ފުރޭގޮތް ނުވެގެން މިލިޓަރީ ޖެޓެއްގަ ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އޭނާގެ ކޮއްކޮ އަދި އެގައުމުގެ ފިނޭންސް މިނިސްޓަރު ބާސިލް ވެސް އިއްޔެވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެއަޕޯޓުން އޭނާ ވެސް ފުރުނަ ނުދިނެވެ.

ލަންކާގެ ރައީސް ގައުމު ދޫކޮށް ރާއްޖެ ވަޑައިގެންއިރު، އެމަނިކުފާނުގެ މައްޗަށް ވަނީ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފަ އެވެ. ރައީސް ގޮޓަބަޔާ ހައްޔަރު ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ދާއިރު، އެގައުމުގެ ނޫސްތަކުގައި ވާގޮތުން މަގާމުން އިސްތިއުފާ ދިނުމާއި އެކު އޮތީ ގޮޓަބަޔާ ހައްޔަރު ކުރާ ގޮތަށެވެ.

ގޮޓަބަޔާއަށް ރާއްޖެއިން ހިމާޔަތްދިން އިރު، އެމްޑީޕީ ފުރަތަމަ އުފެދުނުއިރު ކޮޅުބަށް އަރުވާލެވިގެން ތިބި ދުވަސްވަރު، ލަންކާއިން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާ، އެމްޑީޕީގެ ގިނަ މެމްބަރުންނަށް ހިމާޔަތް ދިނެވެ.

36%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް