ads
ފަޅައިގެންދިޔަ ލޯންޗު
45 ވަރަކަށް މީހުންނާއިއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ހިގައްޖެ
އއ. އަތޮޅަށް 45 ވަރަކަށް މީހުންނާއިއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ހިގައްޖެ އެވެ.

ފަޅައިގެން ދިޔައީ "އެރުވީނާ އަލޯހާ" ނަމަކަށް ކިޔާ ލޯންޗެކެވެ. ފަޅަައިގެން ދިޔައިރު ލޯންޗު ދަތުރުކުރަމުންދިޔައީ މާލެއިން ފުރާގެން އއ. އަތޮޅަށެވެ.

އެމްއެންޑީއެފުން ބުނީ، ލޯންޗު ފަޅައިގެންދިޔައީ، އަލިހުރަސް ކަނޑުން ލަކުޑި ގަނޑެއްގައި ޖެހިގެން ކަމަށެވެ. ލަކުޑިގަޑުގައި ޖެހި ލޯންޗުގެ ހަލްގަނޑު ތިރިން ފަޅައިގެން ގޮސް ލޯންޗު ދިޔަވާން ފެށުމުން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް ލިބުނީ މިއަދު 15:59 ހާއިރު އެވެ. 

“މި މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާއެކު ކޯސްޓްގާޑުގެ އުޅަނދެއް ވަނީ އެ ލޯންޗު އޮތް ސަރަހައްދަށް ގޮސްފަ. އަދި ދިޔަވަމުންދިޔަ ލޯންޗު، ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއިއެކު މިއަދު 16:37 ހާއިރު ގިރާވަރު ފަޅަށް ވައްދާފަވެ” އެމްއެންޑީއެފުން ބުންޏެވެ.

އަދި، އެ ލޯންޗުން ދަތުރުކުރި 45 މީހުން މެރީން ޕޮލިހާއި "ހަލްޔާޑް" ނަމަކަށް ކިޔާ ލޯންޗެއްގެ އެހީތެރިކަމާއެކު، މިހާރު ވަނީ މާލެއަށް ގެނެސްފަ އެވެ. 

ފަޅަައިގެންދިޔަ ލޯންޗު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއިއެކު މިހާރު ވަނީ މަރާމާތުކުރުމަށް ގިރާވަރުން ތިލަފުށްޓަށް ގެންގޮސްދީފަ އެވެ. 

your imageލޯންޗު މަރާމާތު ކުރުމަށް މިހާރު ވަނީ ގެންގޮސްފަ

މި ހާދިސާގައި ލޯންޗުން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

62%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް