ads
ރައީސް ޕޫޓިން
"ރަޝިއާގެ ރައީސް، ޕޫޓިން ގެންދަވަނީ ކެންސަރާއި ހަނގުރާމަ ކުރައްވަމުން"
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕޫޓިން މިހާރު ގެންދަވަނީ، މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ދަތުރުފުޅުތައް ކުރައްވަމުންނެވެ. މިއީ ރަޝިއާއިން ޔޫކްރެއިން އަށް މި އަހަރުގެ ފެބްރުއަރީ މަހު ހަމަލާދޭން ފެށިފަހުން ރަޝިއާއިން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. 

ޕޫޓިންގެ ސިއްހީ ހާލުކޮޅާއި މެދު މީގެ ކުރިންވެސް ތަފާތު ގިނަ ވާހަކަތަކެއް ވަނީ ފެތުރިފަ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ރަޝިއާގެ ޑޮކްޓަރަކާއި ހަވާލާދީ ބައެއް ރިޕޯޓް ތަކުގައި، ޕޫޓިން ކެންސަރާއި ހަނގުރާމަ ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. 

އަދި ޕޫޓިން އިރާނާއި ތުރުކީއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އެ ދެގައުމަށް ފުލައިޓުން ފައިބާ ވަޑައިގެންނެވި އިރު، ޕޫޓިންގެ ސިއްހީ ހާލު ގޯސްކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ދަތުރުފުޅުގައި ޕޫޓިންގެ ހާލު ގޯސްވެ، ހިނގުމަށް ހުރަސްތަކެއް ކުރިމަތިވެ، ޕޫޓިންގެ ކަނާތު އަތަށް މައްސަލަތަކެއް ދިމާވި ކަމަށް ވަނީ ބުނެފަ އެވެ. އަދި އެކަމާއި ގުޅިގެން ފަރުވާ ދޭން ޖެހުނު ކަމަށްވެސް ބައެއް ރިޕޯޓް ތަކުގައި ވަނީ ބުނެފަ އެވެ. 

ބައެއް އެހެން ނޫސްތަކުގައި ކޮށްފައިވާ ރިޕޯޓް ތަކުގައި ޕޫޓިން އަށް ކެންސަރު ޖެހިފައި ވާކަމަށާއި، އެމަނިކުފާނު ކެންސަރާއި ހަނގުރާމަ ކުރައްވަމުން ގެންދަވާތާ ހަތަރު މަސް ދުވަސް ވެފައި ވާކަމަށް ވަނީ ބުނެފަ އެވެ. އަދި އެމަނިކުފާނަށް ޖެހިފައިވަނީ، އޮސްޓިއޯސާކޯމާ ނުވަތަ އާއްމުކޮށް ބުނާނަމަ ކަށީގެ ކެންސަރު ކަމަށްވެސް ވަނީ ބުނެފަ އެވެ. އަދި މި ފަހުން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ހާލު ގޯސްވީ މި ސަބަބުތަކާއި ހުރެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޕޫޓިންގެ ދަތުރުފުޅުގެ ވީޑިއޯ އާއްމުވެފައި ވާއިރު، އެއްވެސް ވަރަކަށް އެމަނިކުފާނު ކަނާތް ބޭނުން ކުރައްވާތަން ފެނިފައި ނުވެ އެވެ. އަދި ބައެއް އެހެން ވީޑިއޯ ތަކުން މޭޒު ނުވަތަ ގޮނޑިއެއްގައި ހިފަހައްޓައިގެން ކޮޅަށް ތެދުވެ ހުންނަ މަންޒަރުވެސް ވަނީ ފެނިފަ އެވެ. 

ޕޫޓިން އަކީ އެމަނިކުފާނުގެ ދިރިއުޅުން ވަރަށް ސިއްރިއްޔާތުގައި ގެންގުޅުއްވާ ބޭފުޅެއް ކަމުން އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އެމަނިކުފާނާއި ބެހޭ މާ ބޮޑު މައުލޫމާތެއް ނޭނގެ އެވެ. 

17%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް