ads
ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު--
ޖޭޕީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއެކު: އަލީ ސޯލިހު
ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ އެކުގައި ކަމަށް އެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.

ސީއެންއެމް ޓީވީގެ "އިތުރުކާފް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ ޖޭޕީން އޮތީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއެކު ސަރުކާރު ކޯލިޝަންގައި ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ހިންގުމުގައި ސަރުކާރަށް ދޭން ޖެހޭ އެންމެހައި އެއްބާރުލުމެއް ދެމުން އަންނަ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ޖޭޕީގެ ކެންޑިޑޭޓުން ވިއްކާނީ ސަރުކާރުގެ ސިޔާސަތުތައް ކަމަށެވެ.

ޖޭޕީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި އެކު ކޯލިޝަން ހަދާފާނެ ކަމަށް ނޫނީ އެފަދަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް އަލީ ސޯލިހު ވަނީ ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެއްވެސް ސިޔާސީ ޕާޓީއަކާއި އެކުގައި މަސައްކަތް ކުރުމުގެ ވިސްނުމެއް އެ ޕާޓީގައި ނެތް ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީން އަަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހެވާއި ލާބަޔާއި މަންފާއަށް ކަމަށެވެ.

"އަޅުގަނޑުމެން އެކަންތައް ކުރުމުގެ މަސައްކަތުގައި ކުރިއަށް ދާއިރު، ސިޔާސީ މަސްރަހު އޮތް ގޮތަކަށް ދީލާލައިގެން މަސައްކަތް ކުރަމުން ގެންދާނަން،" އަލީ ސޯލިހު ވިދާޅުވި އެވެ.

އަލީ ސޯލިހު މިހެން ވިދާޅުވެފައި ވާއިރު، ޖޭޕީން ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ އެމްޑީޕީއަށާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބަހުގެ ހޫނު ހަމަލާތައް ދެއްވަމުންނެވެ. 

ކޯލިޝަން ސަރުކާރު ކުރިއަށް ގެންދިއުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުރަސްތައް ކުރިމަތިކުރައްވަމުން އަންނަ ކަމަށް ޤާސިމް ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. ސަރުކާރުގެ މުހިއްމު ބިލްތައް ކަމުގައިވާ ވިސްލްބްލޯވަ ބިލް އަދި އިންކަމް ޓެކްސްގެ ބިލަށް ސަރުކާރުގެ ކޯލިޝަންގައި އޮވެމެ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓް ދެއްވާފައެއް ނުވެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް