ads
ޑރ. އަލީ ޒާހިރު
ދީނީ އިލްމުވެރިން ވާނުވާގައި ބޭތިއްބުން ގަބޫލެއް ނުކުރެވޭ: ޑރ. އަލީ ޒާހިރު
ދީނީ ކަމެއްގައި ދީނީ އިލްމުވެރިން ވާނުވާގައި ބޭތިއްބުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެ އެވެ.

ޑރ. އަލީ ޒާހިރު މިފަދައިން ވިދާޅުވެފައި މިވަނީ، މިިދޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް އުޅުނު މައްސަލަ އާއި ގުޅިގެން ދީނީ އިލްމުވެރިން ކަމަށްވާ، ޝެއިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި ޝައިހް ފަޒްލޫން އަހްމަދު ފުލުހުން ހައްޔަރުކޮށް އެ ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން ދިއުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. 

މިކަމާއި ގުޅިގެން ޑރ. އަލީ ޒާހިރު ވިދާޅުވީ، ޔޯގާ އާއި ދެކޮޅަށް ބޭއްވި މުޒާހަރާގައި ހިނގި ހަމަނުޖެހުން ތަކުގައި އެ ދެ ޝެއިހުން ބައިވެރިނުވަނީސް އެ ދެ ޝެއިހުން ރަހުމުކުޑަކޮށް ހިފާ ހައްޔަރު ކޮށް، އެ ދެ ޝެއިހުން ވާނުވާގައި ބޭތިއްބުމަކީ ގަބޫލު ނުކުރެވޭނެ ކަމެއް ކަމަށެވެ. 

އަދި ދީނީ ކަމެއްގައި އެއްވެސް ހައްގަކާއި ނުލާ އިލްމުވެރިޔަކަށް އަނިޔާވެރިވުމަކީ، ހުރިހާ އިލްމުވެރިންނަށް އަނިޔާކުރުމާއި އެއްފަދަ ކަމެއް ކަމަށްވެސް ޑރ. އަލީ ޒާހިރު ވިދާޅުވި އެވެ. 

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގައި އެތަނުގެ މަސްލަހަތު ނަގާލި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ވަނީ އެކިފަހަރުގެ މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. 

ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުހައްމަދުގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމް ހުއްޓުވުމާޢި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. ޔޯގާ ހެދުމާއި ދެކޮޅަށް އަޑު އުފުލި ކަމަށް ބުނެ ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ އެޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. 

ދީނީ ދެ ޝެއިހަކު ހައްޔަރުކޮށްގެން އެ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކޮށް ދައުވާ ކުރެވެމުން ދާއިރު ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިއަދު ވިދާޅުވީ އެއްވެސް ދީނީ އިލްމުވެރިޔަކަށް އެމަނިކުފާނު އަނިޔާވެރި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެެއް ނުކުރުމަށް ފުލުހުންނާއި، ކަރެކްޝަންގެ އޮފިސަރުންނަށްވެސް ގޮވާލާ ކަމަށެވެ. 

ޝެއިހް ނިޝާން އާއި ފަޒްލޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ބާތިލް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް