ads
ވިވޯގެ ޑްރޯން ފޯނު
މިއީ މިހާތަނަށް ފެނުނު އެންމެ ތަފާތު ފޯނުކަމަށް ވެދާނެ!
މިއީ މިހާތަނަށް އިންސާނުންނަށް ފެނިފައިވާ އެންމެ ތަފާތު ފޯނު ކަމަށް ވެދާނެ އެވެ.

ވިވޯ ފްލައިން ޑްރޯން ކެމެރާ ފޯނުގެ ނަމުން ނަންދީފައި ވާ މި ފޯނަކީ، ފޯނު ތެރޭ އިންނަ ކެމެރާ ބޭނުން ވެއްޖެނަމަ ޑްރޯން އެއްގެ ގޮތަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފޯނެކެވެ. މިއީ މިފަދަ ފޯނެއް ދުނިޔޭގެ ބާޒާރަށް ނެރޭ ފުރަތަމަ ފޯނުވެސް މެ އެވެ. 

ދުއިސައްތަ މެގަ ޕިކްސަލް ހިމެނޭ މި ޑްރޯން ކެމެރާގެ އެހީގައި ހިތްގައިމު ރީތި ފޮޓޯ ތަކާއި ސެލްފީ ނެގޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މިއީ ބްލޮގަރުންނާއި، ފިލްމު އުފައްދާ ފަރާތްތަކަށް ވަރަށް ބޭނުން ތެރި ފޯނެއް ކަމަށްވެސް އެކުންފުނިން ވަނި ހާމަ ކޮށްފަ އެވެ. 

މި ޑްރޯން ކެމެރާ ބޭނުން ކުރަން ފޯނުގައި އިންނަ ފިތަކަށް ފިތާލުމުން ފޯނުގެ މަތިން އިތުރު ބައެއް ހުޅުވި، އެތަނުން އެ ޑްރޯން އުދުއްސުމަށް ބޭނުން ކުރެވޭނެ ކަމަށާއި، މި ޑްރީން 30 މިނެޓު ވަންދެން ފުލް ޗާގުގައި ބޭނުން ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މި ޑްރޯންގައި ހަރުކުރެވިފައިވާ ސެންސަރު ތަކުން ފޯނު މެދުވެރިކޮށް ޑްރޯން ކޮންޓްރޯލް ކުރުމަށް ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ނިކުންނާނެ ކަމަށް އަޑުފެތުރިފައިވާ މި ފޯނަކީ، 7800 މިލިއެމްޕަވާގެ ވަރުގަދަ ބެޓަރިއަކާއި ސްޓޯރޭޖްގެ ގޮތުގައި 512 ގީބީ ހިމެނޭ 18 ޖީބީގެ ސްޕީޑް އަވަސް ފޯނެކެވެ. 

ކޮންމެއަކަސް މި ފޯނު ބާޒާރަށް ނިކުމެއްޖެނަމަ މިއީ، ހަމަ ޔަގީނުންވެސް ސްމާޓް ފޯނުގެ ދުނިޔެއަށް އިންގިލާބެއް ގެނުވާނެ ފޯނަކަށް ވެގެން ދާނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް