ads
ފިނޭންސް މިނިސްޓްރީ---
އޮޅުވާލައިގެން ފިނޭންސް މިނިސްޓްރީގެ ކްރެޑިޓް ކާޑުން ފައިސާ ނަގައިފި
ފުލެޓު ދޭނެ ކަމަށް ބުނެ ބުނެ ކުރި ވަގު ފޯނު ކޯލަކަށް ފިނޭންސް މިނިސްޓްރީގެ ކްރެޑިޓް ކާޑުން ފައިސާ ޓްރާންސްފާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ޒިންމާދާރު ވެރިޔާގެ މަގާމުގައު ހުރި، އަބްދުﷲ އަލީ އަށް ވިނަރެސް ފުލެޓު ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ކުރި ފޯނު ކޯލަކާއި ގުޅިގެން އޭނާ ވަނީ 80،000 އަށް ވުރެ ގިނަ ރުފިޔާ ގުޅި ފަރާތުން ބުނި އެކައުންޓަކަށް ޖަމާ ކޮށްދީފަ އެވެ. އޭނާ މި ފައިސާ ޖަމާކޮށްފައި ވަނީ، އޭނާގެ ބެލުމުގެ ދަށުގައި އޮންނަ ފިނޭންސް މިނިސްޓްރީގެ ކްރެޑިޓް ކާޑުންނެވެ. 

މިކަމާއި ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް، "ސީއެންއެމް" އަށް މައުލޫމާތު ދިން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ބުނީ، އަބްދުﷲ އަލީ އަށް ވިނަރެސް އިން ފުލެޓު ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އެޗްޑީސީގެ ނަމުގައި ބަޔަކު ގުޅި ކަމަށެވެ. އަދި  އެ ފުލެޓު ޔަގީން ކުރުމަށްޓަކައި ޑައުން ޕޭމަންޓުގެ ގޮތުގައި 80،000 ރުފިޔާ ދައްކަން ބުނުމުން އޭނާ އަތުގައި އޮތް މިނިސްޓްރީގެ ކްރެޑިޓް ކާޑުން އެ ފައިސާ ޓްރާންސްފާ ކުރި ކަމަށެވެ. 

"އަބްދުﷲ އަލީ އަށް އައި ކޯލަކަށް އޭނާ ވަނީ މިނިސްޓްރީން ހަވާލު ކޮށްފައިވާ ކްރެޑިޓް ކާޑުން ފައިސާ ޓްރާންސްފާ ކޮށްފަ. އެއީ ބަޔަކު އޭޏާ އަށް ފުލެޓު ދޭނެ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ހިންގި ކަމެއް. ފައިސާ ކެނޑުނު ފަހުން އެއީ އޮޅުވާލައިގެން ކުރި ކަމެއް ކަން އެނގުމުން އޭނާ ވަނީ އެކަން ފުލުހުންނަށް އަންގާފަ. އަދި ފިނޭންސް މިނިސްޓްރީގެ ކްރެޑިޓް ކާޑުން ކެނޑުނު ފައިސާވެސް އޭނާ ވަނީ އަނބުރާ ދައްކާފަ." އޮފިޝަލް ބުންޏެވެ.

މީގެ އިތުރުން އޮފިޝަލް ބުނީ، މީގެ ކުރިން ވެސް އެ މިނިސްޓްރީގެ އެކި މުވައްޒަފުން އަތުން މި ފަދައިން ފައިސާ ހޯދާފައި އެބަހުރި ކަމަށާއި، މިފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. 

ފުލެޓު ދޭނެ ކަމަށްބުނެ އެޗްޑީސީގެ ނަމުގައި މީގެ ކުރިންވެސް އޮޅުވާލައިގެން ބަޔަކު ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެޗްޑީސީއާއި ފުލުހުން ވެސް ވަނީ، މިފަދަ ކޯލް ތަކުން ފައިސާ ޖަމާ ކުރަން ބުނިނަމަވެސް އެ ގޮތަށް ކަންކަން ނުކުރުމަށް އެދިފަ އެވެ. 

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް