ads
ނަޝީދު އަދި ރައީސް ސޯލިހް
ނާޒިމް ސައްތާރު ހައްޔަރު ކުރުމުން ރައީސް ނަޝީދު ރަތަށް
އެއްޖިންސުން ބަންގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާއި އެކު ގުޅުން ހިންގުމުގެ ތުހުމަތުގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރުޅިގަދަ ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ނާޒިމް ހައްޔަރުކުރީ އއ. އަތޮޅުގެ ރިސޯޓެއްގަ ހުއްޓަ އެވެ. ފުލުހުން އެ ރިސޯޓު ކައިރިއަށް ދިއުމުން ނާޒިމް އަމިއްލަ އަށް ފުލުހުންނާއި ހަވާލުވީކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

ނާޒިމް ހައްޔަރު ކުރުމާާއި ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ޓުވީޓެއް ކުރައްވާފަ އެވެ. 

ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވީ، ސަރުކާރުގެ ކޯލިޝަންގައި ތިބި ބަޔަކު ހިތްހަމަ ޖެއްސުމަށް ޓަކައި އެކި ފަހަރު މަތިން ތުހުމަތު ކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮށްކޮ ހައްޔަރުކޮށްފައި ވާކަމަށެވެ. 

ރިސޯޓުގައި ހުއްޓާ ނާޒިމް ހައްޔަރުކޮށްފައި ވާއިރު ފުލުހުން ވަނީ މިއަދު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ތަކާއި ގުޅިގެން އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. 

އެގޮތުން ފުލުހުން ވަނީ މީގެ ކުރިން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު ވެސް ހައްޔަރުކޮށްފަ އެވެ. 

69%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް