ads
ރައީސް ނަޝީދު އަދި ޕީޖީ ލީޑަރ އަސްލަމް
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަނީތަ؟
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ ބައެއް ޕާލިމެންޓޭރިއަނުން ބޭނުންވާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރަން އެމްޑީޕީގެ ޕީޖީގެ ބައެއް މެމްބަރުން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެކަމާ އެމްޑީޕީގެ ވަރަށް ގިނަ ޕާލިމެންޓޭރިއަނުންގެ އިތުރުން އާއްމު މެންބަރުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ގުޅޭ ގޮތުން ހުތުރު ވާހަކަތަކެއް ދެއްކެވުމުގެ ކުރިން ނަޝީދުވަނީ، ނަޝީދުގެ ކޮއްކޮ ނާޒިމް ހައްޔަރު ކުރި މައްސަލައިގައި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެކަމާ ގުޅިގެންވެސް އެމްޑީޕީގެ އާއްމު އެތައް މެންބަރުންނެއް އަންނަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުސް އޮފީހަށް ފޮނުވަންވީތޯ ނަޝީދު އެ ގްރޫޕުގައި ސުވާލު ކުރެއްވި އެވެ. ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކްވަނީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ މެންބަރުން އަންނަނީ ޕީޖީ ލީޑަރު އަސްލަމުގެ އަރިހުން އެދެމުންނެވެ. ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިޔުގައި އަސްލަމް އެހެން ނަމަވެސް ވިދާޅުވެފައިވަނީ ރަސްމީކޮށް އެ ފަދަ ހުށަހެޅުމެއް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

އެކަމަކު، ރަސްމީކޮށް އަދި އެއްވެސް ހުށަހެޅުމެއް ނާދޭ. އަޅުގަނޑު ބުނިން ރަސްމީކޮށް ހުށަހެޅުއްވީމައޭ ތިކަން ކުރިއަށް ގެންދެވޭނީ. އެ ބޭފުޅުން ރަސްމީކޮށް އެ މައްސަލަ އަޅުގަނޑަށް ހުށަހެޅުއްވީމާ ޕީޖީ ގުރޫޕް ބާއްވާފައި އެ ފާސްވާ ގޮތަކަށް އަޅުގަނޑު ކުރިއަށް ގެންދާނީ، އަޅުގަނޑަށް ގުޅުވައި އެ ބޭފުޅުން ވިދާޅުވަނީ ނަޝީދު ދެން މަގާމުގައި [ރައްޔިތުންގެ މަޖިލިހުގެ ރައީސް] ބަހައްޓާކަށް ތިމަންނަމެން ބޭނުން ނުވެއޭ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ދުރުކުރަން އެމްޑީޕީގެ ބައެއް އެމްޕީން އެދިވަޑައިގަންނަވަމުން އަންނައިރު، ގާނޫނުއަސާސީގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސިމްޕަލް މެޖޯރިޓީން ފާސްވާނެ އެވެ. އެއީ މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 22 މެމްބަރުންގެ ސޮޔެވެ. މި އަދަދުތަކަކީ މަޖިލީހުގެ ކޮންޓްރޯލަށް ބަލާއިރު ފަސޭހަ ކަމާއި އެކު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ކުރެވިދާނެ ކަމެކެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް