ads
ޓެސްޓު ކިޓު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތު
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މަކުނުވިދުރުއަށް ޓެސްޓު ކުރާ ކިޓު ހަދިޔާކޮށްފި
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް މަކުނުވިދުރިއަށް ޓެސްޓު ކުރާ 250 ކިޓު ހަދިޔާ ކޮށްފި އެވެ.

މަކުނުވިދުރިއަށް ޓެސްޓު ކުރާ ޕީސީއާރު ކިޓްތައް އެ ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކުރީ، ހެލްތު މިނިސްޓްރީގައި މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ސޮއި ކުރެއްވި އިރު، ޑަބްލިއުއެޗްއޯގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބެވެ. 

މަކުނުވިދުރިއަށް ޓެސްޓު ކުރާ 250 ކިޓު ހަދިޔާ ކުރުމުގެ އިތުރުން ސިއްހަތު ޖަމިއްޔާއިން ވަނީ، މަކުނުވިދުރިއަށް ޓެސްޓު ކުރުމާއި މި ކިޓުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ދިނުމަށް ހާއްސަ ތަމްރީން ތަކެއް ދިނުމަށްވެސް ނިންމާފަ އެވެ. 

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއި އެކު ކުރިއަށްދާ މި ތަމްރީންތައް ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލު ތަކުގައި ކުރިއަށް ދާނެ ކަމަށާއި، މި ތަމްރީންތައް ނިމުމާއި އެކު ރާއްޖެއިން މި ބައްޔަށް ޓެސްޓު ކުރުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، މިމަހުގެ 23 ވަނަ ދުވަހު މަކުނުވިދުރީގެ ސަބަބުން މުޅި ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. 

މަކުނުވިދުރިއަކީ، އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި އާއްމުވަމުން އަންނަ ބައްޔަކަށްވާއިރު، މި ބަލި ގިނައިން ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ކަމަށްވެސް ސިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ. 

ރާއްޖެއަށް މި ކިޓް ތައް ހަދިޔާ ކޮށްފައިވާއިރު، އެޗްޕީއޭއިން މިމަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އަދި ރާއްޖެއިން މިބަލި ފެނިފައި ނުވިނަމަވެސް ރާއްޖެއިން ވެސް މިބަލި ފެނިދާނެ ކަމަށާއި، އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް