ads
ރައީސް އިންޑިޔާގައި ހުރެ ބުރިޖުގެ މަސައްކަތް ފަށްޓަވައިފި
ރައީސް ސޯލިހު އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ބުރިޖުގެ މަސައްކަތް ފަށްޓަވައިދެއްވައިފި
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ގްރޭޓާ މާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ދެމެދު އަޅާ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފި އެވެ

ސަރުކާރުން ކުރިއަށް ގެންދާ އެންމެ އަގުބޮޑު މި ޕްރޮޖެކްޓު ފެށުގެ ރަސްމިއްޔާތު އިންޑިޔާގައި ފަށްޓަވައި ދެއްވާފައި ވަނީ އިންޑިޔާ ސަރުކާރުގެ ރަސްމީ ދަތުރު ފުޅެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާކު ބޭއްވި އިންޑިޔާގައި މިއަދު ރަސްމީ ބައްދަލުވުމެއްގަ އެވެ.

މި މަސައްކަތައް 500 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު އެއީ ގާތްގަނޑަކަށް 7.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ. 

މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފަިއ ވަނީ އިންޑިޔާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ އެހީ އަކާއި، އިންޑިޔާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނު އެހީ އަކާއި އެކު ބާކީ ދިވެހި ސަރުކާރުން ހަރަދުކުރާ ގޮތަށެވެ. 

your imageރައީސް އިންޑިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން 

އަމަލީ ގޮތުން ބުރިޖުގެ މަސައްކަތް ފެށުމުގެ ގޮތުން ބުރިޖުގެ ތަނބަކަށް ކޮންކްރީޓް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. ބްރިޖަށް ބޭނުންވާ ކޮންކްރީޓް ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޒަން (އެސްޓިއޯ) އިންނެވެ.  

ބުރިޖުގެ މަސައްކަތް ފަށްޓަވައި ދެއްވަމުން ދެބޭފުޅުންވެސް ވަނީ އެކަން އިފްތިތާހު ކުރަން ހާއްސަކޮށްފައިވާ ބަޓަނަކަށް ފިއްތާލައްވާފަ އެވެ. 

your imageތިލަމާލެ ބްރިޖުގެ ސާވޭ އަށް ވިލިމާލެ އާއި މާލެއާ ދެމެދު ޕްލެޓްފޯމް..ފޮޓޯ މިހާރު

ބުރިޖުގެ މަސައްކަތް ފެށުމަށް އިންޑިޔާގައި ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފައިވާއިރު މާލޭގައި ވެސް ވަނީ ހަމަ އެވަގުތު ބުރިޖުގެ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރީތަކެއް ވުމަށްފަހު މަސައްކަތް ފެށުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ. 

ބުރިޖު އަޅާ ސަރަހައްދުގައި މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި، ވަޒީރުންވެސް ބައިވެރިވެފައި ވެއެވެ. 

your imageތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދަނީ 

މި ޕްރޮޖެކްޓުގެ ތެރެއިން މިއަދު އެޅުމަށް ހަމަޖެހިފައި ވަނީ ތިލަ-މާލެ ބްރިޖުގެ މާލެ އާއި ހަމައިން ފެށިގެންދާ ފުރަތަމަ ތަނބުގެ ކޮންކްރީޓު މަސައްކަތެވެ. 

ބުރިޖުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މާލެ-ވިލިމާލެ-ގުޅީފަޅު ގުޅާލުމުގެ މަސައްކަތެވެ. ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަސްރޫއުގައި ހިމެނެނީ ބްރިޖް އަދި ލިންކު ރޯޑް ތަކެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް