ads
ކޮއްކޮމެން ޕްރީ ސްކޫލުގެ ބައެއް ދަރިވަރުން
ޑރ. ޝަހީމް ހިންގަވާ ޕްރީސްކޫލުގެ ހުރިހާ ޓީޗަރުންނަށް އުމްރާ ދަތުރެއް
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިންގަވާ، "ކޮއްކޮ"މެން ޕްރީ ސްކޫލުގެ ހުރިހާ ޓީޗަރުންނަށް މައްކާގެ ހެޔޮ އެދޭ ފަރާތަކުން ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ޢުމްރާގެ ދަތުރެއް ދީފިއެވެ. އެހެންނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް އެ ސްކޫލަކުން ނުބުނެއެވެ.

ކޮއްކޮމެން ޕްރީ ސްކޫލުން ބުނި ގޮތުގައި މި ދަތުރުގައި ޢުމްރާ ކުރުމުގެ އިތުރުން ޚާއްސަ އެހެން ބައެއް ކަންކަން ހިމެނިފައިވެއެވެ. މި ދަތުރު ކުރުމަށް ޕްލޭންކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުއެވެ.

މި ދަތުރުގައި ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމާއި މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމާއި އިސްލާމީ ތާރީޚާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރުމާއި ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ބައްލައިލުން ހިމެނިފައިވެއެވެ. މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު މި ދަތުރު ކުރާ ގޮތައް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގައި ފުރަތަމަ ޓާމް ޗުއްޓީތެރޭގައެވެ. މި ދަތުރުގެ އެންމެހާ ކަމެއް ބަލަހައްޓަވާނީ އިންތިޒާމްކުރާ ފަރާތުންނެވެ.

ކޮއްކޮމެން ޕްރީ ސްކޫލް ވެގެންދާނީ ޒަމާނީ ތައުލީމާއި، ރިވެތި އަހުލާގާއި ތަރުބިޔަތުގެ ބަގީޗާއަކަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވަނީ ވިދާޅުވެފައެވެ. މާދަމާ ފެށޭ ދިރާސީ އައު އަހަރަށް އެ ސްކޫލް ތައްޔާރުވެފައިވާ ކަމަށް އެ ސްކޫލުންވަނީ ބުނެފައެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް