ads
މަރުގެ މައްސަލާގައި ހައްޔަރު ކުރި ޝާހިލް
ސީއެންއެމް އެކްސްކްލޫސިވް: ގާތިލުގެ މައިންބަފައިންވެސް އެދެނީ މަރަށް މަރު
އަނިޔާވެރިގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ އަލީ ޝާހިލް ގެ މައްޗަށް އެކަށީގެންވާ ހެކި ހުރިނަމަ ވީ އެންމެ އަވަހަކަށް މަރުގެ ހުކުމް ތަމްފީޒްކޮށްދިނުމަށް ސާހިލްގެ މައިންބަފައިން ސަރުކާރަށް ގޮވާލައިފި އެވެ.

ހ. ޝީރީންވިލާގައި މަރާލި އުމުރުން 22 އަހަރުގެ ޝިއާއުގެ ކަރުގެ އިތުރުން ހަތަރެސް ފައިވެސް ބުރިކޮށްލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ އާއި، އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ، އަލީ ޝާހިލް ހައްޔަރުކުރީ ހާދިސާ ހިނގި ސަރަހައްދުން ނެވެ. އޭނާ ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުންޏެވެ.

"ސީއެންއެމް" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސާހިލްގެ ބައްޕަ ފ. ނިލަންދޫ ފިނިފެންމާގެ އިބްރާހިމް ނަސީމް ބުނީ ސާހިލް އަކީ އޭނާ އެންމެ ލޯބިވާ އެއް ދަރިފުޅު ކަމަށެވެ. ނަމަވެސް ގަސްތުގައި މީހަކު މަރައިފި ނަމަ އެކަމަކަށް ދޭންޖެހޭ ހައްގު އަދަބު އިސްލާމީ ޝަރީއަތާއި އެއްގޮތަށް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ނަސީމް ބުންޏެވެ. 

"އަޅުގަނޑުމެން ދެމަފިރިންވެސް ރޭގަ ނިންމައިފިން އެއީ ސާހިލް ކުރި ކުށެއް ކަމަށް ވާނަމަ އެކަން ސާބިތު ކުރެވޭ ވަރަށް ހެކި ހުރެއްޖެނަމަ މަރުގެ އަދަބު ދިނުމަށް ސަރުކާރަށްވެސް ގޮވާލަން އަދި މިކަން އަވަސްކޮށްދިނުމަށް. އެކަމަކު އެއީ އެންމެ ލޯބިވާ ދަރިފުޅު. އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް އަނިޔާވެރި ވެގެން ނުވާނެ. އެއީ ގަބޫލުކުރާ ހަމައެއް ނޫން.  

ނަސީމް ބުނީ މަރުގެ މައްސަލަ އާއި ގުޅިގެން ސާހިލް ހައްޔަރު ކުރި ހިސާބުން އެ ހަބަރު ލިބުމާއެކު އެދަރިފުޅަށް ކުރި އުންމީދު މުޅިން ގެއްލި މާޔޫސްވެއްޖެ ކަމަށެވެ. އަދި މިފަދަ ހިތާމަ އެއް ލިބުމަށްވުރެ ބޮޑަށް ދެރަވީ އިންސާނެއްގެ ފުރާނަ ގަސްތުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި ވުމުން ކަމަށެވެ. 

"އެ ހަބަރު ލިބުމުން ހަމަ މުޅިން ރޮވިއްޖެ. އަދިވެސް އެސޮރު މަންމަގެ ލޮލުން ކަރުނަ ނުހިކޭ. އެކަމަކު މިފަދަ ހިތާމައެއް ލިބުމަށްވުރެ މާ ދެރަވޭ އެބަ ގަސްތުގައި އިންސާނެއްގެ ފުރާނަ އަނިޔާވެރި ގޮތަކަށް މަރާލީމަ. މީ ހައްގު އަދަބު ކޮންމެ މީހަކުވިޔަސް ލިބެންޖެހޭނެ ކަމެއް."

your image ޝާހިލު އަންހެން ކުއްޖާ މަރާލި ކަމަށް ބުނާ އެޕާޓްމަންޓް ސަރަހައްދު ފުލުހުން ބަންދު ކޮށްފައި--

ނަސީމް ވަނީ ސާހިލް ބައެއް ވާހަތައްވެސް ސީއެންއެމްގެ ނިއުސް ޓީމާއި ހިއްސާކޮށްފަ އެވެ. އެގޮތުން ސާހިލްގެ އުމުރުން ހަތް އަހަރުގައި އުސް އިމާރާތަކުން ވެއްޓި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށާއި، ޑޮކްޓަރުން ސާހިލް އަކީ ސިކުޑީގައި އުނިކަމެއް ހުންނަ ކުއްޖެއް ކަމުގައިވެސް ފާހަގަ ކުރެއްވި އެވެ.  ނަމަވެސް މިހާރު ސާހިލް އަކީ ސިކުޑީގެ އުނިކަން ހުންނަ ކުއްޖެއްގެ ގޮތުގައި ފާހަގަ ނުކުރެވޭ ކަމަށްވެސް ނަސީމް ބުންޏެވެ. 

"އުމުރުން ހަތް އަހަރުގައި ވެއްޓުނު އުސް އިމާރާތަކުން. އޭރު އޭޑީކޭން ފަރުވާދީފަ އެބޮތް ލިޔުމެއް ދީފަ، ސާހިލް މުޅިން ސިކުޑި ހަމަނުޖެހޭ ކަމަށް. އެކަމަކު މިހާރަކު އެހެން ހިޔެއް ނުވޭ. އެއީ ވަރަށް މަޑުމަޑުން ހުންނަ ދަރިއެއް."

your imageފުލުހުން ޝީރީންވިލާގެ ބޭރުގައި ހަރަކާތްތެރި ވަނީ: ފޮޓޯ---މިހާރު

ސާހިލްގެ އުޅުމާއި އަހުލާގާއި ބެހޭގޮތުން ނަސީމް ބުނީ އެއީ ވަރަށް މަޑުމައިތިރި ކުއްޖެއް ކަމަށެވެ. އަދި މިހާތަނަށް އާއިލާގެ މީހަކާއިވެސް އަދި އެހެން ފަރާތަކާއިވެސް މައްސަލައެއް ޖެހިގެން ޒުވާބުކޮށް މައްސަލަތަކެއް ޖެހިފައި އޮތްކަމެއްވެސް ނެތް ކަމަށެވެ. 

މަރުގެ އަބަދު ތަންފީޒް ކުރުމާއި ގުޅޭގޮތުން ނަސީމް ބުނީ މަރުގެ ހުކުމް ތަމްފީޒްކޮށްދީފިނަމަ މި ގައުމުގައި މިފަދަ ނުބައި އަމަލުތައް ކުރުން ވަގުތުން ހުއްޓުވޭނެ ކަމަށެވެ. އަދި އެއީ އިސްލާމީ ޝަރީއަތުގައިވެސް އަހަރުމެން ކަން ކުރަންވީގޮތް އަންގާފައިވާ ގޮތް ކަމަށެވެ. 

86%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް