ads
މޯލްޑިވިއަންގެ ސީޕްލޭންއެއް މަލިކުގައި
ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން އަޅަންޖެހޭ ފިޔަވަޅު އަޅާނަން: މޯލްޑިވިއަން
ފުލައިޓުތަކުން ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް މޯލްޑިވިއަން އިން މިއަދު ބުނެފި އެވެ.

މޯލްޑިވިއަން އިން މިހެން ބުނެފައިވަ މިވަނީ، މޯލްޑިވިއަންގެ ސީޕްލޭން އެއްގެ ކެޕްޓަން ދަތުރު ކުރަމުން ދަނިކޮށް ސީޕްލޭންގެ އެއް އިންޖީނު ނިއްވާލި ކަމަށްބުނެ އާއްމުވެފައިވާ ވީޑިއޯ އަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. 

މިކަމާއި ގުޅިގެން މޯލްޑިވިއަން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ބޯޓުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އަބަދުވެސް އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަންކަން ކަމަށެވެ. 

އެގޮތުން އެކުންފުންޏަކީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވައިދުތަކާއި، އެއްގޮތަށް ހިންގަމުން އަންނަ ކުންފުންޏެއް ކަން ފާހަގަ ކުރާ ކަމަށާއި، ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަމާއި ގުޅިގެން ތަހުގީގު ކުރާ ކަމަށެވެ. 

އަދި އެފަދަ ކަމެއް ފެނިއްޖެނަމަ ފަސިންޖަރުންނާއި ކުރޫއިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާކަމުގެ ފުރިހަމަ ޔަގީންކަން ހުރިހާ ފަރާތްތަކަށް ދޭ ކަމަށް މޯލްޑިިއަން އިން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ ކަންކަމަކީ، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިންވެސް ގާތުން ބަލަމުންދާ ކަންތައްތަކެއް ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ. 

ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި، ސީޕްލޭންގެ ކެޕްޓަން ވަނީ، ވައިގެ ތެރޭ އޮވެ ސޯޕްލޭންގެ އެއް އިންޖީނު ނިއްވާލާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް