ads
މަސްތުގެ ހާލަތުގައި ހުރެ މުވައްޒަފުންނަށް އަނިޔާ ކުރި މީހާ
މަސްތުގެ ހާލަތުގައި ހުރެ މުވައްޒަފުންނަށް އަނިޔާކުރި މީހަކު ހައްޔަރު ކޮށްފި
ކުރަމަތި ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު އެތަނުގެ އެހެން މުވައްޒަފުންނަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ސޯޝަލް މީޑިއާގައި މިއަދު ދައުރުވާން ފަށާފައިވާ ވީޑިއޯއެއްގައި އެ ރިސޯޓުގެ ސެކިއުރިޓީން ދިވެހި މުވައްޒަފަކު ގަދަކަމުން އެކޮމަޑޭޝަން ބްލޮކް އިން ބަލާ މަންޒަރު ފެނިގެންދެ އެވެ. އަދި ވީޑިއޯ އިން އެ ފިރިހެން މީހާ ބަނދެފައި އޮންނަ މަންޒަރު ފެންނަ އިރު، އަނގަމަތީވެސް ފޮތިގަނޑެއް އަޅާފައިވާ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ސެކިއުރިޓީން އޭނާ ތިރިއަށް ބޭލީ، މަސްތުގެ ހާލަތުގައި ހުރެ އެހެން މުވައްޒަފުނާއި މާރާމާރީ ހިންގާ ހަޑިހުރުތުރު އެއްޗެހި ކިއުމާއި ގުޅިގެންނެވެ. 

އެ ރިސޯޓުން މައުލޫމާތު ދިން މީހަކު ބުނީ، ރޭގެ ވަގުތެއްގައި އެ ފިރިހެން މީހާ އެހެން މުވައްޒަފުންގެ ކޮޓަރިތަކަށް ވަދެ މާރާމާރީ ހިންގާ، ނުބައި އެއްޗެހި ކިޔާ ހެދުމުން އެ ރިސޯޓުގެ ސެކިއުރިޓީއިން އޭނާ އެތަނުން ބޭލުވީ ކަމަށެވެ. އަދި އޭނާގެ އަނގަމަތީ ފޮތިގަނޑެއް އެޅީ، ބިންމަތީ އޮތް އިރުވެސް އޭނާ ނުބައި އެއްޗެހި ކިޔަމުން ދިއުމާއި ގުޅިގެން ކަމަށެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރަމަތި ރިސޯޓުން މަސްތުގެ ހާލަތުގައި ހުރި މީހަކު އެތަނުގެ މުވައްޒަފުންނާއި މަސްތުގެ ހާލަތުގައި ހުރެ މާރާމާރީ ހިންގި މައްސަލައެއް ހުށަހެޅި ކަމަށާއި، އެ ކަމާއި ގުޅިގެން އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. 

އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވާކަމަށާއި، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

21%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް