ads
ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މި އަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަށް އައިސްފި
މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެއަށް ޒިޔާރަތް ކޮށްފި އެވެ.
Advertisement

މިއަހަރުގެ އެއް މިލިއަން ވަނަ ފަތދުވެރިޔާގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ، ޗެކް ރިޕަބްލިކަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ޑެނިއެލާ ކިލްނަރޯވާ ނަމަކަށް ކިޔާ އަންހެނަކަށެވެ. 

މިއީ ޑެނިއެލާ ކިލްނަރޯވާ ރާއްޖެއަށް ޒިޔާރަތް ކުރި ތިން ވަނަ ފަހަރެވެ. އޭނާއަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއ އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ނެވެ.

ޑެނިއެލާ ކިލްނަރޯވާ މިފަހަރު ޗުއްޓީ ހޭދަކުރުމަށް ނިންމާފައިވަނީ ރޮބިންސަން ކްލަބް ނޫނުގަ އެވެ. މީގެ ކުރިން އޭނާ ވަނީ ކުރެއްދޫ ރިސޯޓުގެ އިތުރުން އަދާރަން މީދުއްޕަރުގަ ޗުއްޓީ ހޭދަކޮށްފަ އެވެ. 

ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އެ އަމާޒަށް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ވާސިލްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ އަހަރުގެ މެދުތެރޭގައި ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާ ވަރު ފެންނަ ހެއްކެއް ކަމަށެވެ. 

ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް