ads
ބިދޭސީން--
ރާއްޖޭގައި ޒުވާނުންގެ އާބާދީގެ 53 އިންސައްތައަކީ ބިދޭސީން
ރާއްޖޭގައި އުޅޭ ޒުވާނުންގެ އާބާދީގެ 53 އިންސައްތައަކީ ބިދޭސީން ކަމަށް މޯލްޑިވްސް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު މީހުންނެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން އެބިއުރޯ އިން އާންމުކުރި “ޒުވާނުންގެ އާބާދީ 2022”ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އާބާދީ އުޅެނީ 579،000 ގައެވެ. އޭގެތެރެއިން ޒުވާނުންގެ ޖުމްލަ އާބާދީ އަކީ 45 އިންސައްތަ އެވެ.

އެ ތަފާސްހިސާތަކުގައި ވާގޮތުން އުމުރުން 18 އަހަރާއި 35 އަހަރުގެ އުމުރުފުރާގެ ޒުވާނުންގެ ޖުމްލަ އާބާދީ 258،923 ގައި އުޅޭއިރު، ޒުވާން އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ ދިވެހިންނަށްވުރެ ބޮޑަށް ބިދޭސީން ނެވެ. 

އެގޮތުން ޒުވާނުންގެ އާބާދީގެ 53 އިންސައްތަ ބިދޭސީން ހިއްސާކުރެ އެވެ. ދިވެހިން ހިއްސާކުރަނީ 47 އިންސައްތަ އެވެ.

އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުންގެ ޖުމްލަ އާބާދީއަކީ 97،039 އެކެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ރާއްޖޭގައި އުޅެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން ނެވެ.

 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް