ads
އިންޑިއާގައި ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ރާއްޖެ އައި ދިވެހިން -- ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާގައި ކަރަންޓީނު ކުރި ދިވެހިން އެނބުރި ރާއްޖެ އަތުވެއްޖެ
ޗައިނާގެ ވޫހާންގައި ހަލުވިކަމާ އެކު ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން އެ ސިޓީން ނެރެގެން އިންޑިއާ އަށް ގެންދިޔަ ދިވެހިން ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސް ކޭމްޕްގައި ކަރަންޓީނު ކުރީ ހަތް ދިވެހިންނެވެ. އެއީ ކުޑަ ކުއްޖަކާއި ފިރިހެނަކާއި ފަސް އަންހެނުންނެވެ. 

ވޫހާންގައި ދިރިއުޅެމުން ގެންދިޔަ ހަތް ދިވެހިން އިންޑިއާ އަށް ގެންދިޔައީ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އެތަނުގައި 14 ދުވަހު ކަރަންޓީނުގައި ބޭތިއްބުމަށެވެ. 

އެމީހުންގެ ހަށިގަނޑު ސާމްޕަލްތަކުގެ ޓެސްޓް ހެދިއިރު ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވާ ކަމަށްވެސް ކަމާ ގުޅޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. 

އިންޑިއާގައި ކަރަންޓީނު ކުރި ދިވެހިން މިއަދު ހެނދުނު 10:20 ހާއިރު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމީހުންނަށް މަރުހަބާ ކިޔާފައިވަނީ ފޮރިން މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ބޭފުޅުންނެވެ. 

އިންޑިއާގައި ކަރަންޓީނު ކުރި ދިވެހިން ބުނި ގޮތުގައި އެމީހުންނާ މެދު އަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް