ads
ފުލެޓް ތެރޭގައި އެއްޖިންސުން ގުޅުން ހިންގަމުން ދިޔަ މީހުން
ފުލެޓު ތެރޭގައި އެއްޖިންސުން ގުޅުން ހިންގަން ތިބި މީހުން ހައްޔަރުކޮށްފި
ހިޔާ ޓަވަރުގެ ފުލެޓެއް ތެރޭގައި އެއް ޖިންސުން ގުޅުން ހިންގަން ތިބި ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފޭސްބުކް ގައި އަންހެނަކު ވަނީ އެ ދެ މީހުން ގުޅުން ހިންގަން ތިއްބާ ވީޑިއޯ ކޮށް ވީޑިއޯ އާއްމުކޮށްފަ އެވެ. 

އަންހެން މީހާ ކުރި ފޭސްބުކް ލައިވް އިން ފެންނަ ގޮތުގައި ދެ ފިރިހެނުން ފުލެޓެއްގެ ތެރޭ ތިބެ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނެ އެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެމީހުން ތަންކޮޅެއް އެތެރެއަށް ވަންނަ މަންޒަރު ފެނެ އެވެ. 

ވީޑިއޯ ލައިވް ކުރަމުން ދިޔަ އިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ހިޔާ ޓަވަރެއްގައި ފިރިހެނުން ތަކެއް ގައިގޯޅިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް އެޓެންޑު ވެފައި ވާކަމަށެވެ. 

މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް