ads
އެފްއޭއެމްގެ ރައީސް ބައްސާމް
ލާރި ނުދޭތީ އެފްއޭއެމަށް ޓިކެޓް ވިއްކުން މޯލްޑިވިއަނުން ހުއްޓާލައިފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން، ފަހުން ފައިސާ ދޭ ގޮތަށް އެ އެސޯސިއޭޝަނަށް ޓިކެޓް ދެން ނުވިއްކަން ގައުމީ އެއަރލައިން މޯލްޑިވިއަނުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަން ބުނެފައިވަނީ އެފްއޭއެމުން މޯލްޑިވިއަންއަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން، އެފްއޭއެމަށް ދެން ކްރެޑިޓަށް ޓިކެޓް ދޫނުކުރަން އެ ކުންފުނީގެ މެނޭޖްމެންޓުން ނިންމާފައިވާ ކަމަށެވެ. އެފްއޭއެމާއެކު އެހެން ބައެއް ފަރާތްތަކަށްވެސް ކްރެޑިޓަށް ޓިކެޓް ނުވިއްކަން މޯލްޑިވިއަނުންވަނީ ނިންމާފައެވެ.

ފައިސާގެ މައްސަލަ ޖެހި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމަށް ކްރެޑިޓަށް ޓިކެޓް ނުވިއްކަން ގައުމި އެއަރލައިނުން ނިންމިއިރު، އެހެން ބައެއް ކުންފުނިތަކުންވެސް ފައިސާގެ މައްސަލަތަކުގައި އެފްއޭއެމް ގޮވައިގެން ކޯޓަށް ގޮސްފައިވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ކުނީގެ ކަންތައް މެނޭޖްކުރާ ގައުމީ ކުންފުނި ވެމްކޯ އަދި ޕެންޝަން ފައިސާގެ ކަންތަކުގައި މައްސަލަ ޖެހި، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންވެސްވަނީ އެފްއޭއެމާ ދެކޮޅަށް ކޯޓަށްވެސް ގޮސްފައެވެ.

މީގެ އިތުރުން އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ޖެހިފައިވަނިކޮށް ގައުމީ ޓީމުގެ ކުރީގެ ކޯޗާއި އެސިސްޓެންޓް ކޯޗަށް ދޭން ޖެހޭ ފައިސާ ނުދީގެން ފީފާއިންވަނީ ކޯޗާ އެސިސްޓެންޓް ކޯޗަށް އެފްއޭއެމަށް ފައިސާ ދައްކަން އަންގާފައެވެ.

އެފްއޭއެމްގެ ފައިސާގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެފްއޭއެމަކީ އެ ޚިޔާނާތާ ގުޅޭ އެތައް ކަމެއް ހިނގާފައިވާ ޚިޔާނާތުގެ ހާއްޔެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް