ads
ޑރ. ބިލާލް ފިލިޕްސް
ޑރ. ބިލާލް ފިލިޕްސް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ
މަޝްހޫރު ދީނީ އިލްމުވެރިއާ ޑރ. ބިލާލް ފިލިޕްސް ކުރިއަށް އޮތް މާޗް މަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ދައުވަތަކަށެވެ.

މަހްލޫފް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ ކުރިއަށް އޮތް މާޗް މަހުގެ 12 ވަނަ ދުވަހު ޑރ. ބިލާލް ރާއްޖެ ވަޑައިގެން މާޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ޑރ. ބިލާލްގެ މިދަތުރުފުޅުގައި ސުލްހަމަސަލަސް ކަމާއި ހަމަޖެހުމާއި ގުޅޭގޮތުން ޒުވާނުންނަށް ހާއްސަ ދަރުސްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

 

ކެނަޑާއަށް ނިސްބަތްވާ ޑރ. ބިލާލް ފިލިޕްސް އަކީ އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ ފައުންޑަރ އަދި ޗާންސެލާ އެވެ. 

ޑރ. ބިލާލް މީގެކުރިން ވެސް ވަނީ ރާއްޖެ ވަޑައިގެން ދީނީ ދަރުސްތަކެއް ދެއްވާފަ އެވެ. އެ ދަރުސްތަކަށް ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއްވެސް ލިބިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް