ads
ލޯންޗެއް ކައިރީގައި ސިފައިން ހަރަކާތްތެރިވަނީ
ލޯންޗަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ
ދެ މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ނަސީބް 9" ނަމަކަށް ލޯންޗެއް އދ. ދަނގެތިން ފުރައިގެން އަންނަނިކޮށް މާލެ އަތޮޅު ފިހާޅޮހި ކައިރިން ލޯންޗަށް ދިޔަވާން ފެށުމުން މާލޭ އޭރިއާގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

ލޯންޗަށް ދިޔަވަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރުފަހު 1:54 ގައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް