ads
ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުالله އަލީ ރިޓަޔާ ކުރައްވައިފި
ސިވިލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމު އަދާކުރައްވަމުން ގެންދެވި، އަބްދުالله އަލީ ގާޒީ ކަމުން ރިޓަޔާ ކުރައްވައިފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިސް ގާޒީ އަބްދުﷲ އަލީ ވަނީ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާ އެކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. 

އެކަމާއި ގުޅިގެން ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ، ގާޒީ އަބްދުﷲ އަލީ ހުށަހެޅުއްވި ރިޓަޔަމަންޓް އާއި ގުޅިގެން އެކަން ގަބޫލު ކުރުމަށް އެ ކޮމިޝަނުން އިއްޔެ ނިންމާ އެކަން ގާޒީ އަށް އަންގާފައި ވާކަމަށެވެ. 

އަދި މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ނިންމަންޖެހޭ މައްސަލަތައް ބެލުމަށް 14 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ގާޒީ ކަމުން އަބްދުﷲ އަލީ ޝަރަފުވެރި ކަމާއި އެކު ރިޓަޔާ ކުރެއްވުމުން، ސިވިލް ކޯޓު ހުންގުން ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ ކޯޓުގެ ގާޒީ އަހުމަދު ނިމާލު ޖުނައިދާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް