ads
މަޖިލީހުގެ ސާޖަންޓް އެޓް އާމްސް
ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓްސް އެޓް އާމް މަގާމުން ވަކިކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުން، މުހައްމަދު ހަލީމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ހާލީމް އެންމެ ފުރަތަމަ އައްޔަން ކުރައްވާފައިވަނީ 19 ނޮވެންބަރު 2013 ގަ އެވެ. އޭގެފަހުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު އޭނާ ވަނީ އެމަގާމުގެ ދެވަނަ ދައުރަކަށް އައްޔަންކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީއިން ބަލަމުން ދިޔަ މައްސަލަ އަަކާއި ގުޅިގެން މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުން ހަލީމް ސަސްޕެންޑު ކުރީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ މި ކޮމިޓީގެ ސަބަބުން، އެއީ ކޮން މައްސަލަ އެއް ކަމެއް ނޭނގެ އެވެ. 

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއަދު ވޯޓަށް އަހާ ގަޑީގައި އެ މައްސަލަ އާއި ގުޅިގެން މެމްބަރުންނަށް ފެންނަ ގޮތް ބެލުމަށް ވޯޓު ނެގުމަށް ނިންމާފައި ވާކަމަށާއި، މި މައްސަލަ އަކީ، މަޖިލީހުގެ އާއްމު ކޮމިޓީއިން ހުށަހެޅި ގޮތަށް އޮތް މައްސަލައެއް ކަމަށެވެ. 

ހަލީމް ވަނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް އައްޔަން ވުމުގެ ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކޮށްފަ އެވެ. މަޖިލީހުގެ އަމީން އާމާއި ޖެހިގެން ދެން އެންމެ އިސް ފަރާތަކީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެވެ. 

ސާޖަންޓް އެޓް އާމްސްގެ މަގާމުން ހަލީމް މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސަސްޕެންޑު ކޮށްފައި ހުރީ މުސާރަ ހިނގާ ގޮތަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް