ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ސީއެންއެމް
ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ރައީސް ނަޝީދު ވެސް!
ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަދައްކަވައިފި އެވެ.

"ތަހައްމަލު ކުރުމާއި، ސުލްހަ އާއި އަމާންކަން" މައުޟޫއުގެ ދަށުން ދިވެހި ޒުވާނުންނަށް ނަސޭހަތް ދިނުމަށް މާޗް 12 އިން 18 އަށް ޑރ. ފިލިޕްސް ރާއްޖެ ވަޑައިގަންނަވާނެކަން މިއަދު އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފެވެ. 

އެކަމަކު ދުނިޔޭގެ ބައެއް ގައުމުތަކަށް އެތެރެވުން މަނާކޮށްފައިވާ ޑރ. ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޑރ. ފިލިޕްސް "ރާއްޖެ ގެންނަން ނުފެންނަ" ކަމަށެވެ. 

"ޑރ. ފިލިޕްސް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައެއް ނުގަނޭ،" އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވެއެވެ. 

ޑރ. ފިލިޕްސް ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފަ އެވެ. އެކަމަކު އޭނާއަކީ ދުނިޔޭގެ ބައެއް ގައުމުތަކަށް އެތެރެވުން މަނާ ދީނީ އިލްމުވެރިޔެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް