ads
ނަޝީދު އަދި ގާސިމް
މެމްބަރުން މަދުކުރަން ނަޝީދުގެ ތާއީދު، ލިވާތު ކުށަކަށް ހަދާ އިސްލާހަށް އެއްޗެއް ވިދާޅުނުވި
ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރޭގެ ވަގުތެއްގައިވަނީ ގާނޫނު އަސާސީއަށް އެމަނިކުފާނު ގެންނަން ބޭނުންވާ އިސްލާހުތަކެއް ހުށަހަޅުއްވާ އާއްމުކުރައްވާފަ އެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނިސްބަތް ކޮންމެ ފަސް އަހަރަކުން އިތުރުވަމުން އަންނާތީ، އެ އަދަދު މިހާރު ހުރި 87 ގައި ހިފެެހެއްޓުމަށް ހުށަހެޅެެއްވި އިސްލާހަކާއި، އެއް ޖިއްސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތަށް އިސްލާހެއް ގެނައުމަށްވެސް ހުށަހެޅުއްވި އެވެ.
Advertisement

މީގެތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. 

ވިދާޅުވީ، އެ އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށާއި، މަޖިލިސް އެކުލެވިގެންވާ ގޮތާއި، އަދި މަޖިލިސްގެ ދައުރާއި ބެހޭގޮތުންވެސް ވިސްނުން ވަރަށް މުހިންމު ކަމަށެވެ.

"ގާސިމް އިބްރާހިމް އެ ހުށަހެޅުއްވި އިސްލާހަކީ މުހިންމު އިސްލާހެއް. މަޖިލިސް އެކުލެވިގެންވާ ގޮތާއި، އަދި މަޖިލިސް ދައުރާއި ބެހޭގޮތުންވެސް ވިސްނުން ވަރަށް ބޭނުންތެރި" ގާސިމަށް ޓެގްކުރައްވާ މިއަދު ކުރެއްވި ޓުވީޓުގައި ވެއެވެ.

ނަމަވެސް ހަމަ އެމަނިކުފާނު ހުށަހަޅުއްވާފައިވާ، އެއްޖިންސުން ގުޅުން ހިންގުން ޖިނާއީ ބޮޑުކުށަކަށް ހަދާ އިސްލާހަށް އެއްވެސް އެއްޗެއް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ. 

ގާސިމުގެ އެ އިސްލާހުގައި ވަނީ، އެއް ޖިންސުން ގުޅުން ހިންގާ މީހުންނަކީ މުޖްތަމައުއަށް ނުރައްކާތެރި ބައެއް ކަމަށާއި، އެފަދަ މީހުންގެ ވަސްވާސް އެމީހާގެ އަމިއްލަ އާއިލާއާއި މުޅި މުޖްތަމައުއަށް ފޯރުމުގެ ކުރީން މުޖްތަމައުން އެކަހެރި ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

އެހެން ކަމުން ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ބޮޑެތި ކުށްތަކެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި އެ ކުށް ހިމެނިފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ އެ އިސްލާހު ފާސްކޮށްދެއްވާ އެ ކުށް ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމަނަން ގާސިމްވަނީ ހުށައަޅުއްވާފަ އެވެ.

މެމްބަރުންގެ އަދަދު ހިފަހައްޓާ އިސްލާހަށް ތާއީދުކުރައްވާ، އެއް ޖިއްސުން ގުޅުން ހިންގުމަކީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުއްވުމަށް ގާސިމް ހުށަހަޅުއްވި މި އިސްލާހަށް ރައީސް ނަޝީދު އެއްޗެއް ވިދާޅުނުވިއިރު، މިފަހުން ލީކުވެފައިވާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވެސް ހިމެނެ އެވެ. އަދި އޭނާ ހިމެނޭހެން، ހަތަރު މީހެއްގެ މައްޗަށް އެއް ޖިއްސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްވަނީ މިދިޔަ ހަފްތާގައި ޝަރީއަތަށް ހުށަހަޅާފަ އެވެ. 

ނާޒިމް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ކަމަށް ބުނެ ވީޑިއޯއެއް ލީކުވުމާއި ގުޅިގެން އޭނާ އަށް ހައްގު އަދަބު ދިނުމަށް ގިނަބަޔަކު ދަނީ ގޮވާލަމުން ނެވެ. ނަމަވެސް އެއީ ނަޝީދުގެ ކޮއްކޯފުޅު ކަމަށްވުމުން ހައްގު އަދަބު ދޭން ފަހަތުފަހަޔަށް ބުރަވަމުންދާ ކަަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. 

މިއަހަރުގެ ޖުލައި މަސްތެރޭ އޮތް "އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާއްމު މީހަކު ވަނީ، ލީކުވެގެން އުޅޭ ވީޑިއޯއާއި ގުޅިގެން ސުވާލުކޮށްފަ އެވެ. އޭނާ ސުވާލުކޮށްފަވަނީ، "ކީއްވެގެންތޯ މަނިކުފާނުގެ ކޮއްކޮއަށް ލިބެންޖެހޭ ހައްގު އަދަބު ނުދެވެނީ އެއީ ކޮއްކޮ ވީމަތޯ"؟

އެ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، ކޮއްކޮއަށް ލިބެންޖެހޭ އަދަބެއް ލިބުމަށް ދެކޮޅު ނުހައްދަވާ ކަމަށެވެ. ނަމަވެސް ވިދާޅުވަމުން ދަނީ ކޮންމެ ކަމެއްގެ ވެސް ދެކޮޅު ބަލާ، ހަގީގަތް އޮޅުން ފިލުވާފަނޫނީ އަމަލުކޮށްގެން ނުވާނެ ކަމަށް ކަމަށް އެދުވަހު ވިދާޅުވި އެވެ. 

ނަމަވެސް އެމައްސަލާގައި ފުލުހުން ހިންގި ތަހުގީގަށްފަހު ނާޒިމް ހައްޔަރުކުރުމުން ނަޝީދު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ސަރުކާރަށް ވެސް ފާޑުކިޔާފަ އެވެ. އަދި އެކަމުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "ޒިނޭގެ ތުހުމަތު" ކޮށް ފޮޓޯތައް ފުލުހުންނާއި ހަވާލުކުރަންވީތޯ ވިދާޅުވެވެސް ވަނީ ރައީސް ސޯލިހަށް ބަހުގެ ހަމަލާތައް ރައްދުކޮށްފަ އެވެ.  

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް