ads
ޕްރިޒަންސް އޮފިސަރެއް، ބޮޑީވޯން ކެމެރާގައި
ޕްރިޒަން އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަވިސް (އެމްސީއެސް)ގެ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.

މިގޮތުން ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައި ވެސް ބޮޑީވޯން ކެމެރާ ބޭނުންކުރާނެ އެވެ. ބޮޑީވޯން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.

އަދި ޖަލުތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުޤީޤުކުރަންޖެހޭ ހާލަތުގައި، އެމްސީއެސްގެ އެތެރޭންނާއި ބޭރުން ތަހުގީގުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިން އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.

މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެކެވެ.

ފްރީ ޓްރަޔަލްއެއްގެ ގޮތުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ ދިވެހިރާއްޖޭގެ ޑިސްޓްރިބިއުޓަ ޒެޓާ ޓެކްނޮލޮޖީސްއާއެކު 17 ފެބްރުވަރީ 2022 ގައި ވި އެއްބަސްވުމެއްގެ ދަށުން ނެވެ. ކެރެކްޝަނުން ބުނީ، މުސްތަޤްބަލްގައި މި ކެމެރާތައް ދާއިމީކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ. 

މިކެމެރާ ބޭނުންކުރާނެ ގޮތުގެ އުސޫލުގައިވާގޮތުން، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ނުވަތަ ތަހުގީގުގެ ބޭނުމަކަށް އާންމު ފަރުދަކާ މުއާމަލާތްކުރާ ކޮންމެ ހާލަތެއްގައި ކެމެރާ ބޭނުންކޮށް، ވީޑިއޯ ފުޓޭޖު ރައްކާތެރި ކުރުމުގެ އިތުުރުން ފުޓޭޖު ހާމަކުރަން ޖެހޭ ހާލަތްތަކުގައި އެ ފުޓޭޖް ހާމަވެސް ކުރާނެއެވެ.  

ދިވެހި ފުލުހުންގެ ހިދުމަތުންވެސް ވަނީ ފެބްރުއަރީ މަސްތެރޭ ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައެވެ. 

ބޮޑީ ވޯން ކެމެރާ ފުލުހުން ބޭނުންކުރަން ފެށުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން އެދުވަހު ވިިދާޅުވީ، ބޮޑީވޯން ކެމެރާގެ ސަބަބުން އެންމެ މުހިންމު މަންފާއެއް ކުރާ އެއްބަޔަކީ، ސީދާ ހާލަތާއި ބައްދަލުވާ ރައްޔިތުމީހާ ކަމަށާއި، އެއާއެކު ކުރިމަތިލާ އޮފިސަރަށްވެސް ރައްކާތެރިކަން ލިބިގެންދާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް