ads
ޖިންސީ ގޯނާގެ ޝިކާރައަކަށްވި ތުއްތު ކުއްޖާ އަދި އެ ކުއްޖާގެ ބައްޕަ (ވ) އަދި މުނިކާފަ (ކ)-- ފޮޓޯ: ސޯޝަލް މީޑިއާ
ރޭޕްކުރި ތުއްތު ކުއްޖާގެ ބައްޕަ ދޫކޮށްލައިފި
ރާއްޖޭގެ ދެކުނު ރަށެއްގައި އުމުރުން ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ކުއްޖާގެ ބައްޕަ އިއްޔެ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ކުއްޖާގެ ބައްޕަގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވާތީ، އެ އޮފީހުގެ މަޝްވަރާއާއެކު އިއްޔެ މެންދުރު 02:30 ގައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

މިދިޔަ ޖެނުރައީ 18 ގައި ހައްޔަރު ކުރި ކުއްޖާގެ ބައްޕަ އާއި އަދި ކުއްޖާގެ މަންމައާ ދެކޮޅަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަށް ތުހުމަތު ކުރެވެނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ އާއި މުނިކާފަ އެކި ދުވަސް މަތިން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ އެނގި ހުރެ، އެ މައްސަލަ ރިޕޯޓު ނުކޮށް، ކުއްޖާއާ މެދު އިހުމާލުވެފައިވާ ކަމަށެވެ. 

އެ ކުއްޖާ ރޭޕްކުރި ކަމުގެ ރިޕޯޓް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ޖެނުއަރީ 15 ގައެވެ. އެ މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ބަންދުކުރި އެވެ. 

އެގޮތުން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ ކާފަ ކަމަށާއި މުނި ކާފަ ހައްޔަރުކޮށްފައި ވަނީ އޭނާއަކީ ޖިންސީ ފުރައްސާރަ ކުރުމުގެ ރިކޯޑު އޮތް މީހެއްކަމުން ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ކުރިން ބުންޏެވެ. 

ކުއްޖާގެ މަންމަ އާއި ބައްޕައަކީވެސް ކުށުގެ ރިކޯޑް އޮންނަ ދެ މީހުންނެވެ. މި މައްސަލާގައި ކުއްޖާއާ މެދު އިހުމާލުވިކަމުގެ ތުހުމަތު އިތުރު ބަޔަކާ މެދު ކުރެވޭތީ އެމީހުންނަށް ވެސް ދައުވާ ކުރަން ވަނީ ނިންމާފަ އެވެ.  

ދެ އަހަރު ނުފުރޭ ކުއްޖާގެ މައްސަލަ ފެންމަތިވުމާއެކު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ވަނީ އެއްވުންތައް ބާއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް