ads
ސަފީރުކަމުގެ ފަތްކޮޅު މިއަދު ވަނީ ހަވާލުކޮށްފަ
ސިންގަޕޫރުގެ ސަފީރުކަމަށް ތަސްމީން އައްޔަންކޮށްފި
ދިވެހި ރާއްޖެއިން، ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު، އަހްމަދު ތަސްމީން އަލީ އައްޔަނުކުރައްވައި، އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި އެވެ.

ސިންގަޕޫރުގެ ސަފީރު ކަމަށް ތަސްމީނު، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިދިޔަ ޖޫން 30 އެވެ. އެދުވަހުގެ ޖަލްސާގައި ތަސްމީން އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފަވަނީ، ވޯޓުގައި ބައިވެރިވި 58 މެމްބަރުން ވޯޓުން ނެވެ. ރުހުންދޭން ފާސްކުރަން ބޭނުންވާކަމަށް 30 މެމްބަރަކު ވޯޓުދިނެވެ. 

އޭނާ މިއަދު އެ މަގާމަށް އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ތަސްމީނަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ތަސްމީނު، މީގެ ކުރިން ފުރުއްވާފައިވާ، މުހިއްމު ބައެއް މަގާމުތަކުގެ ތެރޭގައި، ހޯމް މިނިސްޓަރު ކަމާއި، މިނިސްޓަ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހިމެނެ އެވެ.

ތަސްމީން ޑީއާރުޕީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، މަސައްކަތް ކުރައްވާފައިވަނީ އެމްޑީޕީއާއިއެކު އެވެ. އެއީ 2013ގެ ރިޔާސީ އިންތިހާބުގަ އެވެ. މިހާރުވެސް އޭނާއަކީ އެމްޑީޕީގެ މެމްބަރެކެވެ.

ތަސްމީނުގެ ކުރިން ސިންގަޕޫރު ސަފީރަކަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް