ads
ރަޝިޔާގައި ގޭސް އަންދަމުންދާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް
ރަޝިޔާއިން ގިނަ އަދަދަކަށް ބޭކާރު ގޮތުގައި ގޭސް އަންދަން ފަށައިފި
ޔޫރަޕްގައި ހަކަތައިގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ރަޝިޔާއިން ދަނީ ބޮޑެތި އަދަދުތަކުން ގުދުރަތީ ގޭސް އަންދަމުން ކަމަށް ބީބީސީން ރިޕޯޓް ކޮށްފިއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މީގެ ކުރިން މި ގޭސް ބޭރުކުރީ ޖަރުމަނުވިލާތަށެވެ.

އެމީހުން ބުނާ ގޮތުގައި ފިންލެންޑް ބޯޑަރު ކައިރީގައި ހުންނަ ޕްލާންޓުން ދުވާލެއްގެ މައްޗަށް 10 މިލިއަން ޑޮލަރުގެ ގޭސް ދަނީ އަނދަމުންނެވެ.

ގޭސް އެންދުމުގެ ސަބަބުން އުފެދޭ ކާބަންޑައިއޮކްސައިޑްއާއި ގެދަބުޅީގެ ސަބަބުން  އާކްޓިކް އައިސްގެ ގިރިގެން ހިނގައިދާނެތީ ސައިންސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިސްޓެޑް އެނާޖީގެ ތަހުލީލުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 4.34 މިލިއަން ކިއުބިކް މީޓަރުގެ ގޭސް ދަނީ އަނދަމުންނެވެ.

ގޭސް އަންދަމުންދާކަން ފުރަތަމަ ފާހަގަ ކުރެވުނީ ސެއިންޓް ޕީޓަރސްބާރގްގެ ހުޅަނގު އުތުރުގައި އޮންނަ ޕޯޓޯވާޔާގައި ހުންނަ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ޕްލާންޓަކުން ނެވެ. މިކަން ފުރަތަމަ ފާހަގަ ކުރެވުނީ ފިންލޭންޑުގެ ރައްޔިތުންނަށެވެ.

ޕޯޓޯވާޔާ އަކީ ކަނޑުގެ އަޑީގައި ގޭސް އުފުލާ ނޯޑްސްޓްރީމް 1 ޕައިޕްލައިން ފެށޭހިސާބުގައި ހުންނަ ކޮމްޕްރެސަރ ސްޓޭޝަނަކާ ވަރަށް ކައިރީގައި އޮންނަ ތަނެކެވެ. އެއީ ޖަރުމަނަށް ގޭސް ފޮނުވާ ޕައިޕްލައިނެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް