ads
ހައިވޭގައި މިމަހުގެ 15 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގެ ތެރެއިން -- ފޮޓޯ: ޕޮލިސް
އެކްސިޑެންޓެއް ހިނގި ގޮތުގެ މައުލޫމާތު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ
ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ހުޅުމާލެއަށް ފައިބާ ހިސާބުގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް މީހުން އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައި މިވަނީ މިމަހުގެ 15 ވަނަ ދުވަހު ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ހުޅުމާލެއަށް ފައިބާ ހިސާބުގައި ފިއުލް ބައުޒަރަކާއި ސައިކަލެއް ޖެހުނު ހާދިސާގެ މައުލޫމާތު ހޯދާށެވެ. 

ފުލުހުން ބުނީ މިއެކްސިޑެންޓްގެ މައުލޫމާތު އެނގޭ މީހަކު ހުރި ނަމަ ޓްރެފިކް ޕޮލިސްގެ ނަންބަރު 9660183 އާ ގުޅައި، އެމައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ. 

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ސައިކަލް ދުއްވަން އިން އަންހެން މީހާ އަށް އަނިޔާވެފައިވާތީ އޭނާ އަށް އެ ދުވަހު ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް