ads
އަމީން
ޕައިލެޓް އަމީނަށް ވަޒީފާދިނުން މަޑު ކުރަން ހައިކޯޓުން އަމުރުކޮށްފި
މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު އަމީން- ޕައިލެޓް އަމީނަށް އަލުން ވަޒީފާއެއް ދޭން ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުކަމުން އަމީން ވަކިކޮށް، އޭނާގެ މަގާމު ދަށްކުރީ ދެހާސް ނަވާރަވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލައިގައި އޭނާ ސިވިލް ކޯޓަށް ދިޔުމުން އެ ކޯޓުން މި ދިޔަ ޖޫން މަހު ނިންމާފައިވަނީ އޭނާ ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ވާތީ ކުރިން ހުރި މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް އަލުން އަނބުރާ އޭނާއަށް ދިނުމަށެވެ. އެހެންނަމަވެސް އެ ނިންމުން މޯލްޑިވިއަނުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. 

ހައިކޯޓުގައި އިސްތިއުނާކުރި މައްސަލައިގެ އަޑު އެހުންތައް އަދި ފެށިފައިނުވިއަސް ސިވިލް ކޯޓުގެ ހުކުމަށް އަމަލު ކުރުން މަޑު ކުރުމަށް ހައިކޯޓުންވަނީ އާދިއްތަ ދުވަހު އަމުރުކޮށްފައެވެ. މިކަމާ ގުޅޭ ތަފްސީލެއް އަދި ނުލިބެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް