ads
މާފުށި ޖަލު…ފޮޓޯ/ސޯޝަލް މީޑިއާ
ޖަލުގައި ގައިދީން ހިންގަނީ ފިއްކަނޑައިގެންދާ ވަރުގެ ނުރައްކާތެރި ހަރަކާތްތައް
މާފުށީ ޖަލުގައި ފިއްކަނޑައިގެންދާ ވަރުގެ ހަރަކާތްތަކެއް ހިނގަމުންދާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ހެދި ދިރާސާ ރިޕޯޓުން ދައްކައިފިއެވެ. ގައިދީންވަނީ ޖަލު "ޕެންޓަގަން" އަަކަށް ހަދާލާފައި

ޓްރާންސްޕޭރަންސީގެ ރިޕޯޓުން އެނގުނު ގޮތުގައި ޖަލުގައި ހަރުކަށި ފިކުރު ވަރަށް ބޮޑަށް ފެތުރިފައިވެއެވެ. އަދި ހަރުކަށި ފިކުރުގެ ބޮޑު ނެޓްވޯކެއް ޖަލުގައި އޮޕަރޭޓްވަމުން އަންނަކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.  

ޓްރާންސްޕޭރަންސީ ހެދި ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން ހައްދު ފަހަނަ އަޅައި ދިއުމާއި ހަރުކަށި ފިކުރަށް ތަބާވާ ގައިދީންގެ އަދަދު ޖަލުގައި ދުވަހެއް ދުވަހަކަށް އިތުރުވަނީ އެކަމާ ގުޅޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ނެތުމުންނެވެ.  އަދި އެ ފަދަ ޕްރޮގްރާމެއް ނެތުމުގެ ސަބަބުން ހަރުކަށި ފިކުރު ގަބޫލުކުރާ ގައިދީން އެ މީހުންގެ ވިސްނުން އެހެން ގައިދީންނަށް ފަތުރަމުން ގެންދާ ކަމަށް ޓްރާންސްޕޭރަންސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޖަލުތަކާއި  އަދި އެ ނޫންވެސް ޑިޓެންޝަން ސެންޓަރުތަކަކީ ވަރަށް ވަރުގަދަ އަށް ހަރުކަށި ފިކުރު ފެތުރެމުން އަންނަ ތަންތަން ކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

29%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް