ads
އުރީދޫ ކްލަބް ޕްރީމިއަރ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފަރއެއް
އުރީދޫ ކްލަބް ޕްރީމިއަ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފަ އެއް
އުރީދޫ ކްލަބް ޕްރީމިއަ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފަ އެއް އިއުލާންކޮށްފި އެވެ.

އުރީދޫން ބުނިގޮތުގައި މި އޮފަގެ ދަށުން، އެމް.ފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ ފަރާތްތަކަށް އަދި ވިޔަފާރި ކުރާ ފަރާތްތަކަށް، އަދަދުގެ ފަސް އިންސައްތަ އާއި ހަމައަށް އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެ ކަމަށާއި މިއަދު މި ތައާރަފް ކުރި ހާއްސަ އޮފަ އާ އެކު އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭޝްބެކް ލިބޭނެ އެވެ.

ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ސްކޫލް ފީ، ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއަ ކަސްޓަމަރުންނަށް ވެސް ކޭޝްބެކް އޮފަ ގެ އުފާ ލިބިގެންދާނެކަމަށާއި މި ޕްލެޓްފޯމްގައި ޔޫޓިލިޓީ ޕޭމަންޓް އޮޕްޝަންތަކުގެ ތެރޭގައި އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް އަދި އަމާނާ ތަކަފުލް ހިމެނޭކަމަށް އުރީދޫއިން ބުނެ އެވެ. މީގެ އިތުރުން ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް އަދި މިނޫން ވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި އެކު އެމް-ފައިސާ އިން ވަނީ ޕާޓްނަ ވެ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފައެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއަ މެމްބަރުންނަށް ފައިސާ ދައްކާ ނިމުމުން ކޭޝްބެކް ވޮލެޓަށް ކްރެޑިޓް ވި ކަމުގެ އެސްއެމްއެސް އެއް ލިބޭނެ އެވެ. ސުޕަނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ މިހާރުގެ އަދި އާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރގެ ހާއްސަ އޮފަރތައް ލިބިގެންދާނެއެވެ. ޕެކޭޖް އަޕްގްރޭޑް ކޮށްލުމަށް https://www.ooredoo.mv/webapps/register/public/ ޒިޔާރަތްކޮށްލައްވާށެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:

  • އުރީދޫ އެޕް ޑައުންލޯޑްކުރައްވާ    http://ore.do/app
  • އެމް-ފައިސާ ޚިޔާރު ކުރެއްވުމަށް ފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
  • މައުލޫމާތު ފުރިހަމަކުރެއްވުމަށް ފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
  • މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ
  • ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
  • ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް