ads
ފެމިލީ ކޯޓުގެ ކުރީގެ އިސްގާޒީ ހުޒައިފާ
ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލާން، އެ ކޯޓުގެ ފަނޑިޔާރުންނަށް ޖުޑީޝަލް ސަވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް މި ހުޅުވާލީ އެ ކޯޓުގެ އިސްގާޒީ ކަމުގެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓަށް ޕްރޮމޯޓް ކުރެއްވުމަށް ފަހު އެ މަގާމު ހުސްކޮށް އޮތުމުންނެވެ. ޖޫން މަހުގެ ފަހުކޮޅު ހުޒައިފާ ހައިކޯޓަށް އައްޔަން ކުރެވުނު ފަހުން ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް ރަސްމީކޮށް ބޭފުޅަކު އައްޔަން ނުކުރެއެވެ. 

ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލާން އެ ކޯޓުގެ ގާޒީންނަށް ހުޅުވާލާފައިވާއިރު، އެ މަގާމަށް 31000 ރުފިޔާގެ މުސާރައަކާ 15000 ރުފިޔާގެ ލިވިން އެލަވަންސްއެއް ލިބިވަޑައިގަންނަވާނެއެވެ. 

ފެމިލީ ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 4 ވަނަ ބާބުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން 13 ޛުލްޤަޢިދާ 1431، 21 އޮކްޓޯބަރ 2010 ގައި އުފައްދަވާފައިވާ ކޯޓެކެވެ. މި ކޯޓު ކުރިން ހިގަމުން އައީ ޢާއިލާއާބެހޭ ކޯޓުގެ ނަމުގައެވެ. ޢާއިލާބެހޭ ކޯޓު އުފެދިފައިވަނީ ކުރީގެ ކޯޓު ނަންބަރު 1 އުވާލެއްވުމަށްފަހު 01 އޯގަސްޓް 1997 ގައި މިނިސްޓަރ އޮފް ޖަސްޓިސް އޮނަރަބްލް އަލްފާޟިލް އަޙްމަދު ޒާހިރުގެ މިނިސްޓަރކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް